* ބޭނުންވާ ތަކެތި:
10 ބިސް
1 ޖޯޑު ކިރު
1 ޖޯޑު ފިޔާ (ކޮށާފައި ހުރި)
3-5 ލޮނުމެދު (ކުދިކޮށް ކޮށާފައި ނުވަތަ ގާނާފައި)
1-2 ޖޯޑު ޗީޒް (ގާނާފައި)
1 ޖޯޑު މަޝްރޫމް (ކޮށާފައި)
1/2 ބެލް ޕެޕާ (ކޮށާފައި)
1/2 ޖޯޑު އާތިޗޮޖް ހާޓްސް
1/2 ޖޯޑު ޓޮމާޓޯ (ކޮށާފައި)
އޭގެ އިތުރަށް ރަހަ މީރު ކޮށްލަށް މިރުހާއި ލޮނާއި އަދި ހާބްސް ވެސް ބޭނުން ކުރެވިދާނެއެވެ.
* ތައްޔާރު ކުރާނެ ގޮތް:
ފުރަތަމަ ތަވާއަކަށް ތެޔޮކޮޅެއް އަޅާލުމަށް ފަހު ކޮށާފައިވާ ތަކެތި މޯޅިކޮށްލާށެވެ. ހުރިހާ އެއްޗެއް ރަނގަޅަށް މޯޅި ވެލުމުން އުނދުން ނިވައިލާށެވެ. އެއަށް ފަހު ބިހާއި ކިރު ރަނގަޅަށް މިކްސްކޮށްލާށެވެ. އަދި އޭގެ ތެރެއަށް ފުރެޝް ހާބްސް ކޮޅެއް އަޅައިލާށެވެ.
ދެން ޓްރޭ ތައްޔާރުކޮށްލާށެވެ. ޓްރޭ ތައްނުލަވާ ގޮތަށް ތެޔޮ ނުވަތަ ބަޓަރު ވެސް ހާކާލެވިދާނެ އެވެ. އެއަށް ފަހު ކޮށާފައި ހުރި ޗީޒްތައް ރީތި ކޮށް ޓްރޭ ފޮރުވޭވަރަށް އަލާ ލޭޔާއެއް ހަދާލާށެވެ. ދެން އޭގެ މައްޗަށް މޯޅިކޮށްފައި ހުރި އެއްޗެހިތައް އަޅާލާށެވެ. ރީތިކޮށް ފަތުރާލުމަށް ފަހު އޭގެ ތެރެއަށް ގިރާފައި ހުރި ބިސް އެތި އަޅާލާށެވެ.
އަވަން 350 ޑިގްރީސެލްސިއަސްއަށް ލާފައި ހޫނު ކޮށްލާފައި 40-50 މިނެޓާއި ދެމެދު ފިހަން ލާށެވެ. އަވަނުން ނެގުމަށް ފަހު އަދި ޗީޒް ކޮޅެއް އަޅާ 10 މިނެޓް ބަހައްޓާށެވެ. ދިހަ މިނެޓް ހަމަވުމުން ނަގާފައި ހިހޫ ކުރުމަށް ވެސް 10 މިނެޓް ބަހައްޓާށެވެ.