* ބޭނުންވާ ތަކެތި:
5 ޖޯޑު ބަތް (ކައްކާފައި)
4 ސޮސެޖް (ކޮށާފައި)
2 ކެރަޓް (ކޮށާފައި)
1 ފިޔާ (ކޮށާފައި)
1 ރޯމިރުސް (ކޮށާފައި)
1 މޭޒުމަތީ ސަމުސާ އިނގުރު/ ލޮނުމެދު (ގާނާފައި)
2 މޭޒުމަތީ ސަމުސާ އޮއިސްޓަ ސޯސް
1/2 ޖޯޑު ގްރީން ޕީސް
1/2 ޖޯޑު ލީކްސް (ކޮށާފައި)
1/2 ޖޯޑު ހިކިމޭބިސް ކަދުރު
ރަހަލާ ވަރަށް ލޮނު
* ތައްޔާރު ކުރާނެ ގޮތް:
އުނދުން މައްޗަށް އުދާލާފައި ކުޑަ ތެޔޮފޮދެއް އަޅާލާފައި ހޫނުވެލީމާ އޭގެ ތެރެއަށް ކޮށާފައި ހުރި ފިޔާ، މިރުސް، ލީކްސް، ސޮސެޖް، ޕީސް، ހިކި މޭބިސްކަދުރު އެއްކޮށްލުމަށް ފަހު ހަނާވީމާ ބާކީ ހުރި ހުރި ހުރިހާ ބާވަތްތައް ބަތާ އެކު އެއްކޮށްފައި ކައްކައިލާށެވެ،