Last Updated: November 27, 01:11
Tuesday, November 26, 2024
ރިޕޯޓް

ރޯދަ ރަހަ: ޕޭން ކޭކް

* ބޭނުންވާ ތަކެތި:

2 ޖޯޑު ފުށް
1 ސައި ސަމުސާ ހަކުރު
½ ސައި ސަމުސާ ބޭކިންގް ޕައުޑަރު
½ ސައި ސަމުސާ ލޮނު
½ ސައި ސަމުސާ ފޮނިތޮށި
½ ޖޯޑު ކުދިކޮށް ކޮށާފައި ހުރި ނަޓްސް
1 ބިސް
1 ¾ ކިރު
2 ސައި ސަމުސާ ދިޔާ ބަޓަރު (މެލްޓް ކޮށްފައި) ނުވަތަ ތެޔޮ

* ތައްޔާރު ކުރާނެ ގޮތް:

ފުށް، ސައި ސަމުސާ ހަކުރު، ސައި ސަމުސާ ބޭކިންގް ޕައުޑާ، ސައި ސަމުސާ ލޮނު، ސައި ސަމުސާ ފޮނިތޮށި އަދި ޖޯޑު ކުދިކޮށް ކޮށާފައި ހުރި ނަޓްސް މިކްސް ކުރާށެވެ.

ދެން ބިސް، ކިރު، 2 ސައި ސަމުސާ ދިޔާ ބަޓަރު (މެލްޓް ކޮށްފައި) ނުވަތަ ތެޔޮ އެކުގައި މިކްސް ކުރާށެވެ. ކުރިން މިކްސް ކުރި ފުށްގަނޑުގެ ތެރެއަށް ކިރާ އެކު ފަހުން މިކްސް ކުރި ތަކެތި އަޅާށެވެ. އަދި ރަނގަޅަށް ގިރާ މިކްސް ކުރާށެވެ.

ތަތްނުލާ ތަވައެއްގެ ތެރެއަށް ތެޔޮކޮޅެއް އެޅުމަށްފަހު ހޫނު ކުރާށެވެ. ގާތްގަނޑަކަށް ފަސް މިނެޓު ހޫނު ކުރަން ޖައްސާފައި ބައިންދާށެވެ. އައިސް ކުރީމް ސްކޫޕާ، ކުޑަ ޖޯޑެއް، ނުވަތަ އުނދުޅިއެއް ބޭނުންކޮށްގެން މިކްސް ކުރި ތަކެތިން ތަވައަށް ފަހަރަކު ބައެއް ފިހަން ލާށެވެ. ޖޯޑެއް ނުވަތަ އުނދުޅިއެއް ބޭނުން ކުރުމުން ސައިޒުން އެއްވަރުގެ ޕޭން ކޭކް ތައްޔާރު ކުރެވޭނެ އެވެ. ތަވައަށް މިކްސް އެޅުމަށްފަހު މަޑުމަޑުން ވައްކޮށް ފަތުރައިލާށެވެ.

ތަވައަށް ލާފައި ހުރި މިކްސް ރަނގަޅަށް ފިހެވެން ދެން ބަހައްޓާށެވެ. ގާތްގަނޑަކަށް 3 މިނެޓު ނުވަތަ މިކްސްގެ މައްޗަށް ބޮކި އަރަންދެން ފިހޭށެވެ. 3 މިނެޓް ފަހުން ބޭނުން ނަމަ، ބެރީސް، ކޮށާފައި ހުރި ދޮންކެޔޮ ނުވަތަ ޗޮކުލެޓް ޗިޕް ފަދަ އެއްޗެއް ވެސް އެޅިދާނެ އެވެ.

ބޮކި ޖެހުން ހުއްޓުމާއެކު ޕޭން ކޭކް އަނެއް ފަޅިއަން ޖަހަން ޖެހޭނެ އެވެ. މި ފަޅި ވެސް ރަންކުލައެއް އަރަންދެން ފިހޭށެވެ. މިކަމަށް 2 މިނެޓް ވަރު ހޭދަވާނެ އެވެ.