Last Updated: November 23, 13:49
Saturday, November 23, 2024
މުނިފޫހިފިލުވުން

"ލަސްޓް ސްޓޯރީޒް" ގެ ޓްރެއިލާ ދައްކާލައިފި

މަޝްހޫރު ހަތަރު ޑައިރެކްޓަރެއްގެ ހަތަރު ސެގްމަންޓް ހިމެނޭ އެންތޮލޮޖީ ފިލްމް "ލަސްޓް ސްޓޯރީޒް" ގެ ޓްރެއިލާ ދައްކާލައިފި އެވެ.

ނެޓްފްލިކްސް އިން ސްޓްރީމް ކުރަން ހަމަޖެހިފައިވާ މި ފިލްމަކީ 2013 ގައި ހަތަރު ޑައިރެކްޓަރު ގެނެސް ދިން "ބޮމްބޭ ޓޯކީޒް" ގެ ދެވަނަ ބައެވެ. ސެގްމަންޓްތައް ޑައިރެކްޓްކޮށްފައި ވަނީ ކަރަން ޖޯހަރް، ޒޯޔާ އަހްތަރު، ދިބާކަރް ބެނަޖީ އަދި އަނޫރާގް ކެޝަޕް އެވެ.

މީގެ ކާސްޓުންގެ ތެރޭގައި ވިކީ ކޯޝަލް، ކިއާރާ އަދްވާނީ، ނީހާ ދޫޕިއާ، ރާދިޕާ އަޕްޓޭ، ބޫމީ ޕެޑްނޭކަރް، ނީލް ބޫޕަލަން، ސަންޖޭ ކަޕޫރް، މަނީޝާ ކޮއިރަލާ ފަދަ ތަރިން ހިމެނެ އެވެ.

"ލަސްޓް ސްޓޯރީ" ދައްކަން ފަށާނީ އަންނަ މަހުގެ 15 އިން ފެށިގެންނެވެ.