އަހަރެމެންގެ ހިތް ދުޅަހެޔޮ ސިއްޙަތެއްގައި ބަހައްޓައި ސްޓްރޯކު ފަދަ ހިތުގެ ބަލިތަކަށް ފަސޭހަ ޝިފާއެއް ބޭނުންނަމަ ކޮންމެ ދުވަހަކު ކުކުޅު ބިހެއް ކެއުމަކީ ކުރަން އެންމެ ރަނގަޅު އެއްކަމެވެ.
ކުކުޅު ބިހަކީ އޭގައި ވަރަށް ގިނަ އަދަދަކަށް ރަނގަޅު ކޮލެސްޓްރޯލްއާއި ވިޓަމިންސް އަދި މިނަރަލްސްއެކުލޭ ސިއްޙަތަށްފައިދާހުރި އެއްޗެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ހަފްތާއެއްގެ މައްޗަށް 12 ބިސް ކެއުމުން ޕްރީ ޑައިބެޓިސް އަދި ޓައިޕް ޓޫ ޑައިބެޓިސް ހުންނަ މީހުންނަށް ހިތުގެ ބަލިތައް ޖެހުމުން ދުރުކޮށްދެއެވެ.
އަދި ބިހަކީ އޭގައި ޕްރޮޓީންއާއި އެހެނިހެން 9 އެމިނޯ އެސިޑް ވެސްއެކުލެވޭ ފައިދާހުރި އެެއްޗެކެވެ. އަދި ކުކުޅު ބިހުގެ އެންމެ ހާއްސަ އެއް ކަމަކީ ބިހުގައި އެކުލެވޭ މާއްދާއެއް ކަމަށްވާ ލުޓެއިން އަކީ ސިކުނޑި ދިގު މުއްދަތުގައި ރަނގަޅަށް ހިންގުމަށް މަގުފަހި ކޮށްދޭ އެއްޗަކަށް ވުމެވެ.
ޗަައިނީސް ބްރިޓިޝް ދިރާސާ ކުރާ ޓީމެއްގެ ދިރަސާތަކުން ދައްކާ ގޮތުގައި ކޮންމެ ދުވަހަކު 1 ބިސް ކެއުމުގައި ހިމެނިމީހުންނަސް ވަނީ ސްޓްރޯކް ޖެހުމުގެ އިންސައްތަ 26% އަށް ދައްވެފައެވެ.
މުޅި ދުނިޔޭގައިވެސް މީހުން އެންމެ ގިނަ އަދަދަކަށް މަރުވުމަށް ދިމާވާ އެއް ބައްޔަކީ ހިތުގެ ބަލިތަކެވެ. ވޯލްޑް ހެލްތު އޯގަނައިޒޭޝަަންގެ ތަފާތު ހިސާބު ތަކަށް ބަލާލާއިރު، ކޮންމެ އަހަރަކު 17.7 މިލިއަން މީހުން ހިތުގެ ބަލިތަކުގެ ސަބަބުން މަރުވާކަމަށްވަނީ ސާބިތުވެފައެވެ.
އެހެންކަމުން ކުކުޅު ބިހަކީ މިހާ ގިނަ ފައިދާތަކެއް އަހަރެމެންނަށް ލިއްބައިދޭ އެއްޗެއް ކަމުގައި ވުމުން މިއަދުން ފެށިގެން ކެއުމުގައި ކޮންމެ ދުވަހަކުވެސް 1 ބިސް ހިމެނުމަކީ ކުރުން އެންމެ ރަނގަޅު އެއްކަމޭ ބުނުމަކީ ދޮގަކަށްނުވާނެކަން ޔަގީނެވެ.