Last Updated: November 26, 13:45
Tuesday, November 26, 2024
ޚަބަރު

އެންމެން ގުޅިގެން އިންތިހާބަށް ނުކުމެވޭނެ: ނަޝީދު

2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށް އިދިކޮޅު ފަރާތްތަކުން ގުޅިގެން ނިކުމެވޭނެ ކަމާއި މެދު އެއްވެސް ޝައްކެއް ނުކުރައްވާ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވެފައި ވަނީ، ސްކައިޕް މެދުވެރިކޮށް ދުވަހު ނޫސް "މިހާރު" އަށް ދެއްވި އިންޓަވިއުއެއްގައެވެ.

އެ އިންޓަވިއުގައި ނަޝީދު ވިދާޅުވި ގޮތުގައި އުއްމީދު ކަނޑާލަން ޖެހޭ ހިސާބަށް ނުދާ ކަމަށާއި ރިޔާސީ އިންތިހާބަށް ޕާޓީތައް ނުކުންނާނީ އެކުގައި ކަމަށެވެ.

ނަޝީދު ވިދާޅުވި ގޮތުގައި، ރިޔާސީ އިންތިޚާބު ވެގެންދާނީ މިނިވަން އިންސާފުވެރި، އަދި ޕާޓީތަކުން ޚިޔާރުކުރާ ކެންޑިޑޭޓަކަށް ބައިވެރިވެވޭނެ އިންތިހާބަަކަށް ކަމަށެވެ.

އަދި މީގެ އިތުރުން ޖޭޕީގެ ލީޑަރު ޤާސިމް އިބްރާހިމަށް ރިޔާސީ އިންތިޚާބުގައި ކުރިމަތިލެވެން ޖެހޭނެ ކަމަށް ވެސް ނަޝީދު ވަނީ ވިދާޅުވެފައެވެ. މި މޭރުމުން ވާހަކަފުޅު ދައްކަވަމުން ނަޝީދު ވަނީ ގާސިމަށް ކުރިމަތި ނުލެއްވޭ ގޮތަށް ގާނޫނުއަސާސީ އަށް ގެނެސްފައިވާ އިސްލާހަށް ބަދަލު ގެންނަން ޖެހޭ ކަމަށް ވިދާޅުވެފައެވެ.

"އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީ އާއި އަދާލަތު ޕާޓީ އާއި ރައީސް މައުމޫންގެ ފެކްޝަނާ، އަޅުގަނޑުމެން ހުރިހާ އެންމެން ގުޅިގެން މި ރިޔާސީ އިންތިހާބަށް ނުކުމެވޭނެ. މިކަމާ އަޅުގަނޑުގެ ހިތުގައި އެއްވެސް ޝައްކެއް ނެތް،" 'މިހާރު' ނޫހަށް ދެއްވި އިންޓަވިއުގައި ނަޝީދު ވިދާޅުވި އެވެ.