Last Updated: November 26, 09:43
Tuesday, November 26, 2024
ޚަބަރު

"ވަގުތު" ފުޓްސަލް މުބާރާތަށް ފުރުސަތު ހުޅުވާލައިފި

ވަގުތު ފުޓްސަލް މުބާރާތުގެ މިދިޔަ އަހަރުގެ ޗެމްޕިއަން އެފްސީ ބޭރުމަތި. ފޮޓޯ: ވަގުތު

'ވަގުތު' އޮންލައިން ނޫހުގެ ފަރާތުން އައްޑޫގައި ބާއްވާ ފުޓްސަލް މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

މުޅި ރާއްޖެ އަށް ހުޅުވާލައިގެން ކުރިއަށް ގެންދާ މި މުބާރާތުގައި ކުލަބު ޖަމިއްޔާ ޖަމާޢަތްތަކުގެ އިތުރުން އޮފީސްތަކަށާއި ރިސޯޓްތަކަށް ވެސް ބައިވެރިވެވޭނެ އެވެ.

ފާއިތުވި އަހަރު 'ވަގުތު' ފުޓްސަލް މުބާރާތް ބޭއްވީ ފިތުރު ޢީދާއި ދިމާކޮށެވެ. ނަމަވެސް މި ފަހަރު ފިތުރު ޢީދާއި ވޯލްޑްކަޕް ދިމާވާތީ، މި ފަހަރުގެ މުބާރާތް ފަށާނީ ޖުލައި މަހުގެ 20 ވަނަ ދުވަހު އެވެ.

މިއަދުން ފެށިގެން މިބާރާތުގައި ބައިވެރިވާން ބޭނުން ފަރާތްތަކަށް ފޯމު ދޫކުރަން ފަށާއިރު ރަޖިސްޓްރޭޝަން ފީގެ ގޮތުގައި 5،000ރ. ނަގާނެ އެވެ.

ފޯމް ހުށަހެޅުމުގެ އެންމެ ފަހު ތާރީޚަކީ، މި މަހުގެ 30 ވަނަ ދުވަހެވެ.

'ވަގުތު' ނޫހުން މައުލޫމާތު ދޭ ގޮތުގައި މުބާރާތުގައި ބައިވެރިވުމުގެ ފޯމް 9657764‬ އަށް ގުޅުމުން ލިބޭނެ އެވެ.

މިއަހަރު ބާއްވާ މުބާރާތުގެ ޗެމްޕިއަން ޓީމަށް 120،000ރ، ދޭން ހަމަޖެހިފައިވާ އިރު ރަނައަޕް ޓީމަށް 30،000ރ. ގެ ފައިސާގެ އިނާމެއް ލިބޭނެ އެވެ.

މިދިޔަ އަހަރު އަހަރު ބޭއްވި 'ވަގުތު' ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ހިތަދޫ އެފްސީ ބޭރުމަތި އެވެ.