* ބޭނުންވާ ތަކެތި:
1 ކުކުޅު
1 ބޮނޑި ލޮނުމެދު (ޗަސްކޮށްފައި)
2 އިންޗި އިނގުރު (ޗަސްކޮށްފައި)
ރަހަލާ ވަރަށް ލޮނު
ފެން (ގަރުދިޔަ ކައްކަން)
ބޭނުން ނަމަ ތަކުރާތީ ވެސް އިތުރުކޮށްލެވިދާނެ
* ތައްޔާރު ކުރާނެ ގޮތް:
އެންމެ ފުރަތަމަ ކުކުޅު ދޮވެލާފައި ދެ ފަޅިކޮށްލާށެވެ. ދެން ކުކުޅު ގަރުދިޔަ ކައްކަން ބޭނުންވާ ތެއްޔަށް [ފެން އަޅާނީ ތެލީގެ މެދަށް ހުންނަ ވަރަށް] ލޮނު ވެސް އަޅައި އުނދުން މައްޗަށްލައި ކުޑަކޮށް ފެންފޮދު ހޫނުވުމުން ޗަސް ކުރި އިނގުރު، ލޮނުމެދާ އެކު ކުކުޅުވެސް އަޅައި ކުކުޅު ރޯ ފިލަންދެން ކައްކާށެވެ.
ދެން ކުކުޅު ރޯފިލުމުން ގަރުދިޔަ އެތިން ކުކުޅު ނަގާފައި 5 ވަރަކަށް މިނެޓް އަވަނުގައި މަޑުގިނީގައި ފިހެލާށެވެ.
މިއީ ބަތާ އެކު ކާލަން މީރު އެއްޗަކަށް ވާނެ އެވެ.