Last Updated: November 25, 22:26
Monday, November 25, 2024
ޚަބަރު

މުކޭޝް އަމްބާނީގެ މި ކާރުގެ އަގު އެނގޭތަ؟

މުކޭޝް އަމްބާނީއަކީ އިންޑިއާގެ އެންމެ މުއްސަނދި މީހާއެވެ. އުފާވެރި އަގުބޮޑު ދިރިއުޅުމެއް އުޅެމުންދާ އޭނާގެ އާއިލާގައި ތިބެނީ އޭނާގެ އަނބިމީހާ އާއި 2 ފިރިހެން ކުދިން އަދި އަންހެން ކުއްޖެކެވެ.

މުކޭޝްގެ ފިރިހެން ދަރިއެއް ކަމަށްވާ އާކާޝް އަމްބާނީ ދާދި ފަހުން ވަނީ ޝްލޯކާ މެހްތާ އާއި އެންގޭޖް ވެފައެވެ. އަދި އަންހެން ދަރިފުޅު އީޝާ އަމްބާނީ ވެސް ވަނީ ދާދި ފަހުން މިއަހަރު އާނަންދު ޕަރިމާލް އާއި އެންގޭޖް ވެފައެވެ. އަދި ވަރަށް އަވަހަށް ކައިވެނި ކުރާގޮތަށް ވަނީ ހަމަޖެހިފައެވެ.

މުކޭޝްގެ އަނބިމީހާ ނީތާ އަމްބާނީ އަކީ އަބަދުވެސް ނޫސްތަކުގެ ހެޑްލައިންތައް ފަޅުފިލުވުމުގައި ވަރަށް ކުޅަދާނަ އަންހެނެކެވެ. އިންސާނުން ފާހަގަ ކުރެވެނީ އެމީހުން އަރާ ބޫޓުންނޭ މީހުން ބުނެއުޅޭ ވާހަކަ ނީތާ ވަނީ ވަރަށް ސީރިއަސްކޮށް ނަގާފައެވެ. ނީތާ ފެންނަނީ އަބަދުވެސް ތަފާތު މަޝްހޫރު ބްރޭންޑްތަކުގެ ބޫޓަށް އަރާފައި ހުންނަތަނެވެ.

މަންޒަރު ފެނި ހަސަދަވެރިވާނެ އަންހެނުންވެސް މަދެއް ނުވާނެތާއެވެ. އޭނާއަކީ އާންމު ދިރިއުޅުމުގައި ވަރަށް ޙަރަކާތްތެރި މީހުންނާއި ބައްދަލުކޮށް، ހަފްލާތަކަށް ގޮސް ވަރަށް ގިނައިން އުޅޭ މީހެކެވެ. މިފަދަ ކޮންމެ ހަފްލާއަކުން ނުވަތަ ފެނިލުމަކުން ނީތާ ފެންނައިރު އަބަދުވެސް ފެންނަނީ ތަފާތު ބޫޓުތަކަށް އަރާފައި ހުއްޓާކަން ފާހަގަ ކުރެވެއެވެ. ކޮންމެ ފައިވާނެއް ނުވަތަ ބޫޓެއްގެ އަގު ފެށެނީ އެއްލައްކަ ރުޕީސް އިންނެވެ.
ނީތާ އަމްބާނީގެ އަތުކުރީ ގަޑިތަކަށް ބެލިކަމުގައި ވިޔަސް ފެންނަނީ ހަމަ އެމަންޒަރެވެ. ދުނިޔޭގެ އެންމެ ރީތި އެންމެ އަގު ބޮޑު ބްރޭންޑްތަކުގެ އަތުކުރީ ގަޑިތަކުން ނީތާގެ އަތުގެ ރީތިކަން ދެގުނަ ކޮށްދެއެވެ. މީގެ ކޮންމެ ގަޑިއެއްގެ ފެށޭ އަގަކީ 1.5 ނުވަތަ 2 ލައްކަ ރުޕީސްއެވެ.

އެންމެ ފަހުން އިވިގެން ދިޔައީ ދާދި ފަހުން ލޯންޗު ކުރެވުނު އައުޑީގެ ސްޕެޝަލް އެޑިޝަން އެއް ކަމަށްވާ "އައުޑީ އޭނައިން ކެމީލިއަން" ކާރު ނީތާ ގަތް ވާހަކައެވެ. އެކާރަކީ އިންޑިއާއިން ލިބޭ ކާރެއް ނޫނެވެ. މިކާރު ވަނީ އެމެރިކާއިން އިމްޕޯޓް ކޮސްފައެވެ. ކާރުގެ އަގަކީ 90 ކްރޯޑް ޔޫއެސް ޑޮލަރެވެ. ކާރު ގަނެގެން އިމްޕޯޓް ކުރެވުނު އިރު އޭގެ އަގު ވަނީ 100 ކްރޯޑް ޔޫއެސް ޑޮލަރަށް އަރާފައެވެ.

ނީތާ އަމްބާނީ ވަނީ އޭނާގެ އޮފީހަށް އެކާރު އަމިއްލަ އަށް ދުއްވާފައި ޒިޔާރަތް ކޮށްފައެވެ. އެ ކާރަކީ މިހާރު ދުނިޔޭގަ އެންމެ ހިތްގައިމު ކާރެވެ. ކާރު އުފެއްދި ކޮމްޕެނީއިން މި ކާރު ދީފައިވަނީ ހޮވާލެވުނު މަދު ކަސްޓަމަރުންނަށެވެ. އަދި އޭގެ އުފައްދާނެ ކަމަށް ބެލެވިފައިވަނީ ވަރަށް މަދު އަދަދެއްގެ ކާރެވެ