މިރޭ އައްޑޫގައި ބާއްވާ އެމްޑީޕީގެ ގައުމީ ފެންވަރުގެ ބޮޑު ޖަލްސާގައި ބައިވެރިވެ ވަަޑައިގަތުމަށް އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނަޝީދާއި އެ މަނިކުފާނުގެ ޓީމް މިއަދު އައްޑު އަށް ވަޑައިގެންފި އެވެ.
ނަޝީދުގެ ޓީމް އައްޑު އަށް ވަޑައިގަތުމުން އެމްޑީޕީ އަށް ސަޕޯޓް ކުރާ ގިނަ އަދަދެއްގެ މީހުން ގަން އެއާޕޯޓުން ނަޝީދަށާއި ނަޝީދުގެ ޓީމަށް ހޫނު މަރުހަބާއެއް ކިޔާފައިވެ އެވެ.
މިރޭ ހިތަދޫގައި ބާއްވާ އެމްޑީޕީގެ ބޮޑު ޖަލްސާ އޮންނާނީ ހިތަދޫ ކުޑަ ކުދިންގެ ޕާކާ ދިމާލުގައި ހުންނަ ސްޓޭޖް ސަރަހައްދުގަ އެެވެ. ޖަލްސާ ފެށުމަށް ހަމަޖެހިފައި ވަނީ 9:00 ޖަހާ އިރު އެވެ.
ނަޝީދާއި އެ މަނިކުފާނުގެ ޓީމް އައްޑު އަށް ވަޑައިގެންފައި މި ވަނީ ރޭ ފުވައްމުލަކުގައި ޖަލްސާއެއް ބޭއްވުމަށް ފަހު އެވެ.