އިންޑިއާގެ ޗެންނާއީއަށް ވަޑައިގަތުމުން އެގައުމަށް އެތެރެވިޔަ ނުދީ ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރ އަހުމަދު ނިހާން ހަސަން މަނިކު އިންޑިޔާއިން ބޭރުކޮށްލާފައިވާތީ އެކަމާއި ގުޅިގެން ގިނަ ބަޔަކު ދަނީ ޝުއޫރު ފާޅުކުރަމުންނެވެ.
ސަރުކާރާއި އިދިކޮޅު ފަރާތްތަކުން ދަނީ ނިހާނު ބޭރުކުރުމަކީ އިންޑިޔާއިން ދިވެހި ސަރުކާރަށް ދިން ވަރުގަދަ މެސެޖެއްގެ ގޮތުގައި ސިފަކުރަމުންނެވެ.
ނިހާނު ބޭރު ކުރުމުން އެކަމަށް އިޝާރާތް ކުރައްވައި އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމް ކުރެއްވީ ތަފާތު ސުވާލެކެވެ.
ނިހާން އިންޑިޔާއަށް އެތެރެވިޔަ ނުދީ ބޭރުކޮށްލި ޚަބަރާއި އެކު ކުރެއްވި ޓްވީޓެއްގައި ރިޒެއިނާ ވަނީ "އަނެއްކާ އިމިގްރޭޝަން އޮފިސަރު މޫނަށް ކުޅު ޖެހީތޯ" ސުވާލު ކުރައްވާފައެވެ.
Anekka immigration officer moonah kulhu jeheebaa? ?https://t.co/qJ4UTKxRWX
— ?? ??????? ???? ? (@Roxeyna) June 5, 2018
ރޮޒެއިނާ މިފަދަ ސުވާލެއް ކުރެއްވި އިރު މަޖިލީހުގެ ޖަލްސާއެއްގެ ތެރޭގައި މެންބަރު ނިހާނު ވަނީ ފެން ކޯވަރެއް އަނގަޔަށް ނެންގެވުމަށް ފަހު ރޮޒައިނާގެ މޫނަށް ބުރުވާލާފައެވެ.
ނިހާނު މިރޭ ވިދާޅުވީ އޭނާ ބޭސްފަރުވާއަކަށް އިންޑިއާގެ ޗެންނާއީއަށް ދިއުމުން އެތެރެ ވިޔަ ނުދީ 4 ގަޑިއިރު ހިފެހެއްޓުމަށްފަހު ފޮނުވާލާފައިވާކަމަށެވެ. އަދި މިކަމަކީ ކިހިނެއް ހިނގިކަމެއްތޯ ސަރުކާރުގެ ކަމާއި ބެހޭ ފަރާތްތަކުން ސާފު ކުރައްވާނެކަމަށެވެ.