Last Updated: November 25, 22:26
Monday, November 25, 2024
ޚަބަރު

ހިމްނާ 400 މީޓަރު ދުވުމުގެ ގައުމީ ރެކޯޑް މުގުރާލައިފި

ހިމްނާ، ޖަޕާނުގެ ގިފޫގައި، 400 މީތަރ ދުވުމުގެ ގައުމީ އާ ރިކޯޑެއް ވަނީ ހަދާފައި

އައްޑޫގެ ޒުވާން އުއްމީދީ ދުވުންތެރިޔާ އައިޝަތު ހިމްނާ ގައުމީ 400 މީޓަރ ދުވުމުގެ ރިކޯޑު މުގުރާލައިފިއެވެ.

ހިމްނާ ގައުމީ ރިކޯޑު މުގުރާލާފައިވަނީ މި މަހުގެ 7 ކުން 10 އަކަށް ޖަޕާނުގެ ގިފޫގައި ކުރިއަށްގެންދާ އޭޝިއަން ޖޫނިއަރ އެތްލެޓިކްސް ޗެމްޕިއަންޝިޕްގައި ދުވެގެންނެވެ.

ހިމްނާ ދުވުން ނިންމާލާފައިވަނީ 59.76 ސިކުންތުންނެވެ. މިއީ 8 އަހަރުވަންދެން ތަޖުރިބާކާރު ދުވުންތެރިޔާ މިރުފަތު އަހްމަދު އަތުގައި އޮތް ރެކޯޑެކެވެ.

މި މުބާރާތުގައި ހިމްނާ ވާދަކުރަނީ 400 އަދި 200 މީޓަރު ދުވުމުގައެވެ. ހިމްނާވަނީ މިދިޔަ މޭއި މަހު ލަންކާގައި ކުރިއަށްދިޔަ ސައުތް އޭޝިއަން ޖޫނިއާ އެތްލެޓިކްސް ޗެމްޕިއަންޝިޕްގައި ވާދަކޮށް 200 މީޓަރ ދުމުވުގެ ފުރަތަމަ ހީޓުން 3 ވަނަ ނަގައި ފައިނަލަށް ދަތުރުކޮށް އޭނާގެ ރެކޯޑް އާކޮށްފައެވެ. އަދި ހީޓަކާއި ނުލައި 400 މީޓަރ ދުވުމުގެ ފައިނަލްގައި ދުވެ އޭނާ ވަނީ އަމިއްލަ ރެކޯޑް އާކޮށްފައެވެ.

އައްޑޫ ހައިސްކޫލްގެ ގްރޭޑް 11 ގައި ކިޔަވަމުންދާ ހިމްނާއަކީ ފާއިތުވި އަހަރުތަކުގައި ބޭއްވުނު ސްކޫލް ގިނަމުބާރާތްތަކުން އެންމެ މޮޅު އަންހެން އެތްލީޓްގެ މަގާމު ހޯދާފައިވާ ދުވުންތެރިއެކެވެ. އެގޮތުން އެންމެ ފަހުން ކުޅުއްދުއްފުށީގައި ބޭއއްވި މަކިޓާ މުބާރާތުގައި ވާދަކޮށް ބެސްޓް އޯލް ރައުންޑް އެތްލީޓް، އުމުރުފުރާއިން އެންމެ މޮޅު އެތްލީޓް އަދި ވަކި ވަކި އިވެންޓްތަކުން 3 ރަން މެޑަލް ހޯދާފައެވެ.

ޖަޕާންގައި ކުރިއަށްދާ މުބާރާތުގައި ހިމްނާއާއި އެކު ދެން ބައިވެރިވަނީ ރާއްޖޭގެ 400 މީޓަރ ދުވުމުގެ ޖޫނިއަރ ރެކޯޑް 3 ފަހަރެއްގެ މަތިން އާކޮށްފައިވާ މުހައްމަދު ނާއިލްއެވެ. އަދި ކޯޗެއްގެ ހައިސިއްޔަތުން މިދުވުންތެރިންނާއެކު ބައިވަރިވަނީ ހުސައިން ހަލީމެވެ.