* ބޭނުންވާ ތަކެތި:
5-4 ބޯންލެސް ޗިކަން ބްރެސްޓްސް (އެއް އިންޗީގެ ބޯމިނަށް ދިގުކޮށް ކޮށާފައި)
ލޮނު
އަސޭ މިރުސް
1 ޖޯޑު ފުށް (ކުކުޅުގައި ހޭކުމަށް)
6 މޭޒުމަތީ ސަމުސާ އޮލިވް އޮއިލް
1/2 1 ޖޯޑު މަޝްރޫމް (ބޯކޮށް ފޮތިކޮށްފައި)
1 ފިޔާ (ކުދިކޮށް ކޮށާފައި)
3 ލޮނުމެދު (ގާނާފައި)
* ސޯސްގަނޑު ހަދަން ބޭނުންވާ ތަކެތި:
3 މޭޒުމަތީ ސަމުސާ ބަޓަރު
3 މޭޒުމަތީ ސަމުސާ ފުށް
1/2 1 ޖޯޑު ޗިކަން ސްޓޮކް
1 މޭޒުމަތީ ސަމްސާ ލުނބޯ ހުތް
1/4 މޭޒުމަތީ ސަމްސާ އަސޭމިރުސް
ލޮނު ކޮޅެއް
1/2 ޖޯޑު ކިރު
1/2 ހެވީ ކްރީމް
* ތައްޔާރު ކުރާނެ ގޮތް:
ކުކުޅުކޮޅުގައި ލޮނުކޮޅަކާއި އަސޭމިރުސްކޮޅެއް ހާކާލުމަށް ފަހު ހިކިފުށުގެ ތެރެއަށްލާ ދެފުށުގައި ފުށްހާކާލާށެވެ. ދެން ތަވައެއްގެ ތެރެއަށް 3 ސަމުސާ ހުންނަހާ ތެޔޮ އަޅައި، ތެޔޮފޮދު ހޫނުވުމުން ކުކުޅުކޮޅު އޭގެތެއަށްލައިގެން މުށިކުލަ އަރަންދެން ދެފުށް ދެފުށަށް ޖަހާށެވެ.
ކުކުޅުކޮޅަށް މުށިކުލަ އެރުމުން ޓްރޭއެއްގައި އަތުރާލާފައި ބަހައްޓާށެވެ.
ތަވައެއްގައި ތިން ސަމުސާ ތެޔޮ ހޫނު ކުރުމަށް ފަހު މަޝްރޫމް، ފިޔާ އަދި ލޮނުމެދު ކޮޅުއަޅައިގެން ކުޑަކޮށް ހަނާކޮށްލާށެވެ. ދެން ޓްރޭގައި އަތުރާފައި ހުރި ކުކުޅުކޮޅުގެ މައްޗަށް ހަނާކުރި މަޝްރޫމްކޮޅު ވެސް އަޅާ، ރީއްޗަށް ފަތުރާލާށެވެ.
ސޯސްގަނޑު ތައްޔާރު ކުރުމަށްޓަކައި، ހަމަ ކުރިން ބޭނުންކުރި ތަވާ ހޫނުކުރުމަށް ފަހު އޭގެތެރޭގައި ބަޓަރުކޮޅު ވިރުވާލާށެވެ. އެދި 3 ސަމްސާ ފުށް އެޅުމަށްފަހު މުށިކުލަ އަރަންދެން ހަލަމުން ގެންދާށެވެ. އޭގެ ތެރެއަށް ޗިކަން ސްޓޮކް، ލުނބޯ ހުތް، ލޮނު އަދި އަސޭމިރުސް އަޅާ ރަނގަޅަށް އޮމާންވަންދެން ހަލަމުންގެންދާށެވެ.
ހުރިހާ އެއްޗެއް ރަނގަޅަށް އެއްވުމުން ކިރާއި ހެވީ ކްރީމް އަޅައިގެން މަޑު ގިނީގައި ކައްކާލާށެވެ.
ސޯސްގަނޑު ކެކުމުން ކުކުޅާއި މަޝްރޫމްތަކުގެ މައްޗަށް ސޯސްގަނޑު ރީއްޗަށް ފެތުރޭ ގޮތަށް އޮއްސާލާށެވެ. އަދި އެލްމިނިއަމް ފޮއިލް ބޭނުން ކޮށްގެން ރީއްޗަށް ޓްރޭ ބަންދު ކޮށްލާށެވެ. އެއަށް ފަހު 350 ޑިގްރީ ފެރެންހެއިޓަށް އަވަން ހޫނުކުމަށް ފަހު ޓްރޭ އަވަނަށްލައިގެން 45 މިނެޓްވަންދެން ފިހެލާށެވެ.