އަކްޝޭ ކުމާރްގެ "ގޯލްޑް" އަންނަ އޮގަސްޓްގައި ރިލީޒް ކުރާނެކަން އަނެއްކާ ވެސް އިއުލާންކޮށްފި އެވެ.
އެކަން އަލުން އިއުލާން ކުރީ އެ ފިލްމް އެހެން ތާރީހަކަށް ފަސްކޮށްފައިވާ ކަމަށް މީޑިއާތަކުން ކުރިން ރިޕޯޓްކޮށްފައި ވަނިކޮށެވެ. ނަމަވެސް މިދިޔަ އަހަރު "ގޯލްޑް" ލޯންޗް ކުރީ ކުރީ ވެސް މި އަހަރުގެ އޮގަސްޓް 15 ގައި ފިލްމް ސިނަމާތަކަށް ގެންނާނެކަން އިއުލާން ކުރަމުންނެވެ.
އޮގަސްޓް 15 އަކީ އިންޑިއާގެ މިނިވަން ދުވަހެވެ.
Desh banta hai jab sab deshvasiyon ki aankhon mein ek sapna hota hai. #Gold15Aug pic.twitter.com/nDZclDCtYH
— Akshay Kumar (@akshaykumar) June 13, 2018
މި ފިލްމަކީ "ހަނީމޫން ޕްރައިވެޓް ލިމިޓެޑް" ގެ ޑައިރެކްޓަރު ރީމާ ގަތުގީ ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ. ފިލްމްގެ އާ ޕޯސްޓަރެއް ވެސް މިއަދު ވަނީ ދައްކާލައިފަ އެވެ.
"ގޯލްޑް" ގައި ކިޔައި ދޭނީ އިންޑިއާ އަށް 1947 ގައި މިނިވަންކަން ލިބުމަށް ފަހު ޖެހިގެން އައި އިރު އޮލިމްޕިކްގައި ވާދަކޮށް، ފުރަތަމަ ރަން މެޑެލް ހޯދަން ކުރި މަސައްކަތެވެ.
މި ފިލްމްގައި އަކްޝޭއާ އެކު ބަތަލާގެ ރޯލުން ފެނިގެން ދާނީ މަޝްހޫރު ޓީވީ ބަތަލާ މޯނީ ރޯއި އެވެ.