Last Updated: November 30, 11:04
Saturday, November 30, 2024
ޚަބަރު

އެޗްއާރްއެޗަށް އަންހެނުންގެ ޑޮކްޓަރަކު ހޯދައިފި

ހަވީރު ހިތަދޫގައި ހިނގި އެކްސިންޓެއްގައި އަނިޔާވި މީހަކަށް ފަރުވާ ދޭން ހޮސްޕިޓަލަށް ގެންގޮސްފައިވޭ.

ސ. ހިތަދޫ ރީޖަނަލް ހޮސްޕިޓަލް (އެޗްއާރްއެޗް) ގައި ކުރިން ހުރި އަންހެނުންގެ ޑޮކްޓަރު ފޮނުވާލައި ހޮސްޕިޓަލަށް އާ ޑޮކްޓަރު ގެނެސްފައިވާ ކަމަށާއި އޭނާ އަންނަ އަންގާރަ ހިސާބުގައި މަސައްކަތަށް ނިކުންނާނެ ކަމަށް ހޮސްޕިޓަލުން ބުނެފި އެވެ.

ހޮސްޕިޓަލް ހިންގެވުމާ އަލަށް ހަވާލުވެވަޑައިގަތް ހަދީޖާ ހަފްސާ (ހައްޖަ) ވިދާޅުވީ އެ ޑޮކްޓަރު މިވަގުތު ހުރީ މާލޭގައި ކަމަށެވެ. ހައްޖަ ވިދާޅުވީ އެ ޑޮކްޓަރު މާލޭގައި މަޑުކޮށްގެން ހުރީ ހެލްތު މިނިސްޓްރީ އާ އެކު އެގްރިމަންޓްގެ ކަންތައްތައް ހަމަޖެއްސުމުގެ ގޮތުން ކަމަށެވެ.

ހޮސްޕިޓަލްގައި ކުރިން ހުރި އިންޑިއާގެ އަންހެން ޑޮކްޓަރު ފޮނުވާލާފައި ވަނީ އޭނާގެ ފަރާތުން ގިނަ މައްސަލަތަކެއް ތަކުރާރުކޮށް ފާހަގަ ކުރެވި، އިސްލާހު ނުވެ އާންމުންގެ ޝަކުވާތައް ވެސް އޭނާ އާ ބެހޭ ގޮތުން އިތުރުވުމާ ގުޅިގެންނެވެ.

އަލަށް ހޮސްޕިޓަލާ ގުޅޭ ޑޮކްޓަަރަކީ ވެސް އިންޑިއާގެ ޑޮކްޓަރެކެވެ.