މޮސްކޯ-ރަޝިޔާ: ފީފާ ވޯލްޑް ކަޕްގެ ފުރަތަމަ މެޗުގައި މިރޭ ސައުދީ އަރަބިއްޔާއާ ބައްދަލުކުރި މެޗު ރަޝިޔާއިން ކާމިޔާބުކޮށްފިއެވެ. 0-5 އިން ރަޝިޔާ އިން ކާމިޔާބުކޮށްފިއެވެ.
ރަޝިޔާގެ ޤައުމީ ފުޓްބޯޅަ ސްޓޭޑިއަމް، ލުޒްނިކީގައި ކުޅުނު މި މެޗުގައި ރަޝިޔާ އިން ކާމިިޔާބު ކުރީ 0-5 އިންނެވެ.
މިމެޗްގައި ރަޝިޔާއިން ޖެހި ފުރަތަމަ ލަނޑު 12 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ރަޝިޔާގެ ޔޫރީ ގަޒިނިސްކީއެވެ.
ރަޝިޔާގެ ދެވަނަ ލަނޑު ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް ޑެނިސް ޗެރިޝޭވް އެވެ.
މެޗްގެ ފުރަތަމަ ހާފު 0-2 އިން ރަޝިޔާ ކުރީގައި އޮވެގެން ނިމުނު އިރު މި ހާފުގައި ސައުދީ ޓީމަށް ރަޝިޔާގެ ގޯލަށް އަމާޒުކޮށް ނުރައްކާތެރި ހަމަލާއެއް ފޮނުވާލެވިފައެއް ނުވެއެވެ.
ދެވަނަ ހާފްގެ ފަށައިގެން ސައުދީ އިން ލަނޑެއް ޖެހޭތޯ މަސައްކަތް ކުރި ނަމަވެސް، މި ހާފުގައި ވެސް އެޓީމަށް އުފެއްދުނީ ނުރައްކާތެރި އެންމެ ހަމަލައެކެވެ.
ރަޝިޔާ އިން މިމެޗްގައި ޖެހި 3 ވަނަ ލަނޑު މެޗްގެ 71 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ދެވަނަ ހާފްގައި ކުޅެން އެރި ޒޫބާއެވެ.
ރަޝިޔާގެ ހަތަރުވަނަ ގޯލު ޗެރިޝޭވް ކާމިޔާބުކޮށްދިންއިރު ފަސްވަނަ ގޯލު މެޗުގެ އެންމެ ފަހުވަގުތު ކޮޅުގެ ތެރޭގައި ލިބުނު ހިލޭޖެހުމަކުން ކާމިޔާބުކޮށްދިނީ ގޮލޮވިންއެވެ.
ގްރޫޕް އޭގައި ހިމެނޭ ރަޝިޔާ އިން މުބާރާތުގެ ދެވަނަ މެޗުގައި ނިކުންނާއި މިސްރާއި ދެކޮޅަށެވެ. އަދި ސައުދީ އިން ނިކުންނާނީ އުރުގުއޭއާ ދެކޮޅަށެވެ.