Last Updated: November 26, 22:39
Tuesday, November 26, 2024
ރިޕޯޓް

ރޯދަ ރަހަ: ރޯސްޓެޑް ބްރިންޖަލް ކަރީ

* ބޭނުންވާ ތަކެތި:

8 ބަށި ކޮށާފައި (ދިގުބަށި ރިހަޔަށް ކޮށާވަރަށް)
4 ފިޔާ (ހިމުންކޮށް ކޮށާފައި)
3 ހިކަނދިފަތް
6 ރާނބާފަތްކޮޅު (1/2 އިންޗިއަށް ބުރިބުރިކޮށްފައި)
1 ސައިސަމުސާ މުގުރި މިރުސް
1 ގިތެޔޮ މިރުސް (ކޮށާފައި)
1/2 ސައިސަމުސާ މުގުރި އަސޭމިރުސް
1/2 ސައިސަމުސާ މުގުރި ފޮނިތޮށި ކާފޫރުތޮޅި
1 ސައިސަމުސާ މަސްޓަރޑް ކްރީމް
1 ދަޅު ޓޮމާޓޯ ޕޭސްޓް (ކުޑަ)
3 މޭޒުމަތީ ސަމުސާ ޗިލޯސޯސް
3 މޭޒުމަތީ ސަމުސާ ޓޮމާޓޯ ސޯސް
1 ސައިސަމުސާ މުގުރި ދިރި
1 މޭޒުމަތީ ސަމުސާ އިނގުރު/ލޮނުމެދު (ޗިސްކޮށްފައި)
1 ސައިސަމުސާ އަޖިނަމޮޓޯ
1 މޭޒުމަތީ ސަމުސާ ހަކުރު
1/3 ސައިސަމުސާ މިކްސްޑް ހާރބްސް
1 ޖޯޑު ކާށި ބޯކިރު
1/3 ސައިސަމުސާ ރީނދޫ
5 މޭޒުމަތީ ސަމުސާ ހަވާދު
ލޮނުކޮޅެއް

* ތައްޔާރު ކުރާނެ ގޮތް:

ބަށިކޮޅު ލޮނުކޮޅަކާއި ރީނދޫކޮޅެއް ލައިގެން މާބޮޑަށް ޗަސް ނުވާ ވަރަށް ފެނުކައްކާފައި ފެން ފުރާނާލާފައި ބަހައްޓާށެވެ. ދެން ތަވާ އުނދުންމައްޗަށް އުދާލާފައި ކުޑަ ތެޔޮ ފޮދެއް އަޅާފައި ހޫނުވީމާ ފިޔާ، މިރުސް، ހިކަނދި-ރާނބާ އެއްކޮށް އަޅާލާފައި ފިޔާކޮޅު މޯޅިވީމާ ބަށިކޮޅާއި ކިރު ފިޔަވައި ބާކީހުރި ހުރިހާބާވަތްތައް އެއްކޮށް އަޅާލާފައި ރޯފިލުމުން ބަށިކޮޅު އެއްކޮށްފައި ކިރު ވެސް އެއްކޮށްފައި ކެކިގަތީމާ އުނދުންމަތިން ބާލާށެވެ.

މި ރިހަ ކުޑަކޮށް ހިކިކޮށް ވެސް ނުވަތަ ކުޑަކޮށް ދިޔާކޮށް ވެސް ބެހެއްޓިދާނެ އެވެ.