މި އަހަރުގެ ރިޔާސީ އިންތިޚާބުގައި ރާއްޖޭގެ ވެރިކަމަށް އިންތިޚާބުކޮށްފި ނަމަ މަސްތުވާތަކެތި އެތެރެ ކުރުން ހުއްޓުވުމަށް ރާއްޖޭގެ ހުރިހާ ދޮރެއްގެ (ބައިނަލްއަޤްވާމީ ބަނދަރުތައް) ކައިރީގައި ކުއްތާ ފޯރިމަރާނެ ކަމަށް އުމަރު ނަސީރު ވިދާޅުވެއްޖެ އެެވެ.
އަމިއްލަގޮތުން ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެ ކަން އިއުލާން ކުރައްވާފައިވާ އުމަރު މިހެން ވިދާޅުވެފައި ވަނީ މަސްތުވާތަކެއްޗާއި ގޭންގް ކުށްތައް ހުއްޓުވުމަށް އެބޭފުޅާގެ ވެރިކަމެއްގައި ކުރައްވާނެ ކަންތަކާއި ބެ ހޭގޮތުން އާއްމު ކުރެއްވި ވީޑިއޯ މެސެޖެއްގަ އެވެ.
ހުރިހާ ނުބައި އެއްޗެއްގެ ފެށުމަކީ މަސްތުވާތަކެތިކަން ފާހަގަކުރައްވައި އުމަރު ވިދާޅުވީ، އެބޭފުޅާގެ ވެރިކަމެއްގައި ކުއްތާގެ ފައުޖު ބޮޑުކޮށް ރާއްޖޭގެ ހުރިހާ ދޮރުތައް ކައިރީގައި ކުއްތާ ފޯރި މަރާނެ ކަމަށެވެ.
އަދި ދިރުވާލައިގެންނާއި ހަށިގަނޑުގެ ތެރޭގައި މަސްތުވާތަކެތި ރައްކާކޮށްގެން އެތަކެތި އެތެރެކުރާ ފަރާތްތައް ހުއްޓުވުމަށް ހުރިހާ އެއާޕޯޓެއްގައި ޚާއްސަ ސްކޭން މެޝިންތައް ބަހައްޓާނެ ކަމަށެވެ.
"ކުއްތާގެ ފައުޖު ބޮޑުކޮށް ރާއްޖޭގެ ހުރިހާ ދޮރުތައް ކައިރީގައި ކުއްތާ ފޯރި މަރާނެ. ކޮންޓެއިނާތައް ސްކޭން ކުރާ މެޝިން ކަނޑާއި ވައިގެ މަގުގައި ޤާއިމްކުރެވޭނެ" އުމަރު ވިދާޅުވިއެވެ.
އުމަރު ނަސީރު އިތުރަށް ވިދާޅުވި ގޮތުގައި މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރުމުގެ ވާހަކަ ދައްކަމުން އަންނަތާ 10 އަހަރަށް ވުރެ ގިނަ ދުވަސް ވެފައިވާ ކަމަށެވެ. އެއްވެސް ސަރުކާރަކަށް މިކަން ހުއްޓުވިފައި ނުވާ ކަން ފާހަގަކުރައްވައި އުމަރު ވިދާޅުވީ، އެއީ "ލިބެން އޮތް ވޯޓެއް ގެއްލިދާނެތީ ނުކޮށް ދޫކޮށްލާ ވަރުގެ ކަމެއް ނޫން" ކަމަށެވެ.
މީގެ އިތުރުން މަސްތުވާތަކެތި ބޭނުން ކުރާ ފަރާތްތަކަށް ފަރުވާދޭ ރިހެބްތަކުން ފުރުސަތު ނުލިބި ތިބި މީހުންނަށް 1 އަހަރުގެ ތެރޭގައި ޖާގަ ހޯދައިދޭނެ ކަމަށް ވެސް އުމަރު ވިދާޅުވިއެވެ. އޭނާ ވިދާޅުވި ގޮތުގައި ފަރުވާ ޕްރޮގްރާމް ފުރިހަމަ ކުރުމަށް 1 އަހަރުދޭއިރު، މަސްތުވާތަކެތީގެ ޝިކާރައަކަށް ވެފައިވާ އާއިލާތަކަށް އިޖްތިމާއީ ރައްކާތެރިކަން ސަރުކާރުން ފޯރުކޮށްދޭނެއެވެ.
"ޑްރަގް އެތެރެކުރާ މީހުންނަށް ބިރުވެރިކަމެއް ނެތި އުޅުމުގެ ފުރުސަތެއް ނުދޭނަން. އެމީހުންގެ ފަހަތުން ކޮންމެ ދުވަހަކު ޤާނޫނު އަންނާނެ. އަދި ޤާނޫނު ކަނޑައަޅާ އެންމެ ބޮޑު އަދަބު ފަސްޖެހުމެއް ނެތި ދޭނަން." އުމަރު ނަސީރު ވިދާޅުވިއެވެ.
އުމަރު ވިދާޅުވީ މަސްތުވާތެކެއްޗާއި ދެކޮޅަށް އޮތް އެންމެ ބޮޑު ފަރުވާ އަކީ ދީން ކަމަށާއި ރީހެބްތަކުން ދޭ ފަރުވާ ވެސް އެކަމަށް އަމާޒު ކުރައްވާނެ ކަމަށެވެ.
މަސްތުވާތެކެއްޗާއި ދެކޮޅަށް އުމަރުގެ ސަރުކާރެއްގައި ޑްރަގް އެންފޯސްމަންޓް އެޖެންސީ ނަމުގައި މުޅިން އާ އިދާރާއެއް އުފައްދާނެ ކަމަށް އުމަރު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ އެ އިދާރާ އަކީ ފުލުހުންނާއި ކަސްޓަމްސް އާއި ގުޅިގެން މަސައްކަތް ކުރާ ޤާނޫނީ ގޮތުން ބޮޑެތި ބާރުތަކެއް ލިބިދީފައިވާ މުއައްސަސާއަކަށް ވާނެ ކަމަށެވެ.
"ޑްރަގް އެތެރެކުރާ މީހުންނަށް ބިރުވެރިކަމެއް ނެތި އުޅުމުގެ ފުރުސަތެއް ނުދޭނަން. އެމީހުންގެ ފަހަތުން ކޮންމެ ދުވަހަކު ޤާނޫނު އަންނާނެ. އަދި ޤާނޫނު ކަނޑައަޅާ އެންމެ ބޮޑު އަދަބު ފަސްޖެހުމެއް ނެތި ދޭނަން." އުމަރު ނަސ.