ސޮޗީ-ރަޝިޔާ: ފީފާ ވޯލްޑްކަޕް 2018 ގްރޫޕް ޖީގެ ފުރަތަމަ މެޗްގައި ބެލްޖިއަމް އާއި ޕެނަމާ ބައްދަލުކުރި މެޗް 0-3 އިން ބެލްޖިއަމުން ކާމިޔާބުކޮށްފިއެވެ.
މިމެޗްގެ ފުރަތަމަ ހާފުގައި މުބާރާތުގައި އަލަށް ވާދަކުރި ޕެނަމާ އިން ވަނީ ރަނގަޅު ކުޅުމެއް ދައްކާފައެވެ. އެގޮތުން އެ ހާފުގައި ބެލްޖިއަމްގެ ކުޅުންތެރިން ހިފެހެއްޓުމުގައި ޕެނަމާގެ ޑިފެންޑަރުން ވަނީ ކާމިޔާބު ހޯދާފައެވެ.
މެޗްގެ ފުރަތަމަ ހާފުގައި ގޯލެއް ކާމިޔާބު ނުކުރެވުނު ނަމަވެސް ދެވަނަ ހާފް ފަށައިގެން މާގިނަ އިރުތަކެއް ނުވަނީ ބެލްޖިއަމުން ވަނީ ލީޑު ނަގާފައެވެ. މި ލަނޑު ކާމިޔާބުކޮށްދިނީ މާޓެންސްއެވެ.
ބެލްޖިއަމްގެ ދެވަނަ ލަނޑު މެޗްގެ 69 ވަނަ މިނިޓްގައި ކާމިޔާބުކޮށްދިނީ ލުކާކޫއެވެ. އަދި އޭގެ 6 މިނިޓް ފަހުން ލުކާކޫ ވަނީ އިތުރު ލަނޑެއް ޖަހައިދީ ބެލްޖިއަމްގެ ލީޑު ފުޅާކޮށްދީފައެވެ.
މިހާފުގައި ޕެނަމާއަށް ވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ވަނީ ލިބިފައެވެ.