ކުރީގެ ރައީސް މުހައްމަދު ނަޝީދު އާއި ޖޭޕީގެ ލީޑަރު ޤާސިމް އިބްރާހިމް ފުލުސް އޮފީހަށް ހާޒިރުވުމަށް ޗިޓު ފޮނުވައިފިއެވެ.
ރާއްޖެއިން ބޭރުގައި ދިރިއުޅުއްވަމުން ގެންދަވާ ނަޝީދާއި ޤާސިމް ފުލުހަށް ހާޒިރުވުމަށް ޗިޓު ފޮނުވާފައި ވަނީ ޓްވިޓަރ މެދުވެރިކޮށެވެ.
ނަޝީދު ފުލުހަށް ހާޒިރުވުމަށް އަންގާފައިވަނީ މިމަހުގެ 25 ވަނަ ދުވަހުގެ ހެނދުނު 10 ޖަހާއިރަށެވެ. އަދި ޤާސިމް ފުލުސް އޮފީހަށް ހާޒިރުވާން ޖެހެނީ ހޯމަ ދުވަހުގެ މެންދުރު 2:00 އަށެވެ.
ފުލުހުންގެ ރަސްމީ ޓްވިޓަރ އެކައުންޓުން ނަޝީދު ޓެގްކުރުމަށް ފަހު ކޮށްފައިވާ ޓްވީޓްގައި ބުނެފައިވަނީ، "ފުލުހުން ތަހުގީގު ކުރަމުންދާ މައްސަލަ އަކާއި ގުޅިގެން ފުލުސް އޮފީހަށް މުހައްމަދު ނަޝީދު ހާޒިރުވުމަށް ޗިޓް ފޮނުވާ" ކަމަށެވެ.
ފުލުހުން ފޮނުވި ޗިޓްގައި ބުނެފައިވަނީ އެބޭފުޅުން ހާޒިރު ކުރަނީ ޖަލުގައި ހުކުމް ތަންފީޒް ކުަރަމުން ދަނިކޮށް ރާއްޖެއިން ބޭރުން ބޭސްފަރުވާ ކުރުމަށް ފޮނުވާލުމުން ބޭސްފަރުވާ އަށް ދީފައިވާ މުއްދަތު ހަމަވުމުން އެނބުރު ރާއްޖެ ނައިސް ފިލައިގެން އުޅޭ މައްސަލަ ތަހުގީގް ކޮށް ބަޔާން ނެގުމަށް ކަމަށެވެ.