Last Updated: April 23, 01:22
Tuesday, April 22, 2025
ޚަބަރު

ސެނެގާލާއި ރަޝިޔާ މޮޅުވެއްޖެ

ފީފާ ވޯލްޑްކަޕް2018ގައި ރޭ ކުޅުނު މެޗްތައް ސެނަގާލް އާއި ރަޝިޔާއިން ކާމިޔާބުކޮށްފިއެވެ.

ރަޝިޔާއިން މޮޅުވީ މިސްރާއި ވާދަކޮށް 1-3 އިންނެވެ. މި މޮޅާއި އެކު ރަޝިޔާއަށް ވަނީ ދެވަނަ ބުރުގެ ފުރުސަތު ލިބޭނެކަން ގާތްގަނޑަކަށް ކަށަވަރުވެފައެވެ.

ރޭގެ މެޗްގައި ރަޝިޔާއިން ޖެހި ފުރަތަމަ ލަނޑަކީ މިސްރުގެ ކެޕްޓަން އަހުމަދު ފަތްހީ އަތުން ބައިކޮޅަށް ވަން ގޯލެކެވެ. ރަޝިޔާގެ ދެވަނަ ގޯލް މެޗްގެ 59 ވަނަ މިނެޓްގައި ޗެރިޝޭވް ރަޝިޔާގެ ދެވަނަ ގޯލު ކާމިޔާބުކޮށްދިންއިރު އޭގެ 3 މިނެޓް ފަހުން އެ ޓީމުގެ ލީޑު ފުޅާކޮށްދިނީ އާތެމް ޒޫބާރ އެވެ.

މިސްރުގެ ހަމައެކަނި ގޯލު ލިބުނު ޕެނަލްޓީ އަކުން ކާމިޔާބުކޮށްދިނީ މުހައްމަދު ސަލާހުއެވެ.

ސެނަގާލް މޮޅުވީ ޕޮލެންޑާއި ވާދަކޮށް 1-2 އިންނެވެ.

މެމެޗުގައި ފުރަތަމަ ލަނޑެއް ޖަހައި ލީޑު ނެގީ ސެނަގާލް އިންނެވެ. މި ލަނޑަކީ ޕޮލެންޑުގެ ތިއާގޯ ސިއޯނެކް އަތުން ބައިކޮޅަށް ވަން ގޯލެކެވެ. ސެނަގަލްގެ ލީޑު ފުޅާކޮށްދިނީ މެޗްގެ 60 ވަނަ މިނިޓްގައި އެ ޓީމުގެ ނިއާންގެވެ.

ޕޮލެންޑުގެ ހަމައެކަނި ގޯލު މެޗު ނިމެން 4 މިިނިޓަށް ވެފައި ވަނިކޮށް ކާމިޔާބުކޮށްދިނީ ކްރިކޯވިއަކްއެވެ.