މޮސްކޯ-ރަޝިޔާ: ފީފާ ވޯލްޑްކަޕް 2018ގައި ޕޯޗުގަލް އާއި މޮރޮކޯ ބައްދަލުކުރި މެޗް 0-1 އިން ޕޯޗުގަލް ކާމިޔާބު ކޮށްފިއެވެ.
ލުޒްނިކީ ސްޓޭޑިއަމްގައި ކުޅުނު މިމެޗްގެ 4 ވަނަ މިނިޓްގައި ޕޯޗުގަލް އަށް ލަނޑު ޖަހައި ލީޑު ނަގައިދިނީ އެ ޓީމުގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯއެވެ. އޭނާ އަކީ މިފަހަރުގެ ވޯލްޑް
ރޮނާލްޑޯގެ މި ލަނޑަކީ އޭނާ ޕޯޗުގަލް ޤައުމީ ޓީމަށް ކާމިޔާބުކޮށްދިން 85 ވަނަ ލަނޑެވެ. ރޮނާލްޑޯ އަކީ ޔޫރަޕަށް ނިސްބަތްވާ ކުޅުންތެރިންގެ ތެރެއިން ޤައުމީ ޓީމަށް އެންމެ ގިނަ ގޯލު ކާމިޔާބުކޮށްދީފައިވާ ކުޅުންތެރިޔާއެވެ.
މިއަދުގެ މެޗްގެ ދެވަނަ ހާފުގައި މޮރޮކޯ އިން ވެސް ވަނީ ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ހޯދާފައެވެ. އެހެން ނަމަވެސް މޮރޮކޯގެ ކުޅުންތެރިން ފޮނުވާލި ހަމަލާތައް ޕޯޗުގަލްގެ ގޯލް ކީޕަރު ރުއި ޕެޓްރީސިއޯ ވަނީ ހުށިޔާރު ކަމާއި އެކު ދިފާޢުކޮށްފައެވެ.
ޖުމްލަ ގޮތެއް ބަލާއިރު މެޗްގައި ގިނަ ވަގުތު ބޯޅަ ގެންގުޅެފައިވަނީ މޮރޮކޯއިންނެވެ. އެ ޓީމުން ޖުމްލަ 14 ހަމަލާ އުފައްދާފައި ވެއެވެ.
ދެ ޓީމުގެ ފަރާތުން ވެސް ގިނައަދަދަކަށް ފައުލް ފެނިގެން ދިޔަ ނަމަވެސް މިމެޗްގައި ދައްކާފައިވަނީ އެންމެ ރީދޫ ކާޑެކެވެ. މިމެޗްގައި ޖުމްލަ 40 ފައުލް ވަނީ ކޮށްފައެެވެ.
މި މެޗްގެ ނަތީޖާ އާއި އެކު ޕޯޗުގަލް އަށް ވަނީ 4 ޕޮއިންޓް އާއި އެކު ގްރޫޕްގެ 1 ވަނަ ލިބިފައެވެ. ޕޯޗުގަލް އަށް ވުރެ 1 މެޗް މަދުން ކުޅެފައިވާ ސްޕެއިން އަށް 1 ޕޮއިންޓް ލިބިފައިވާއިރު އިރާނަށް ވަނީ 3 ޕޮއިންޓް ލިބިފައެވެ.