Last Updated: April 20, 06:46
Sunday, April 20, 2025
ޚަބަރު

މައުމޫން ފައުންޑޭޝަންގެ ސްކޮލަޝިޕްތަކަށް މުއްދަތު އިތުރުކޮށްފި

މައުމޫން ފައުންޑޭޝަން އިން 2016 ވަނަ ސްކޯލާޝިޕް ދިން ދަރިވަރުންތައް - ފޮޓޯ: ޓްވިޓާ

މައުމޫން ފައުންޑޭޝަން އިން ދިވެހި ޒުވާނުންނަށް މަތީ ތައުލީމުގެ އިތުރު ފުރުސަތުތައް ހޯދައިދިނުމުގެ ގޮތުން ހުޅުވާލި ސްކޯލާޝިޕްގެ ފުރުސަތުތަކަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފި އެވެ.

އެފައުންޑޭޝަނާއި ހަވާލާދީ "ވީއެފްޕީ" އިން ރިޕޯޓްކުރާ ގޮތުގައި އެ ފައުންޑޭޝަނުން ހުޅުވާލި ފުރުސަތުތަކަށް ކުރިމަތިލުމުގެ މުއްދަތު އަންނަ އާދިއްތަ ދުވަހުގެ މެންދުރުފަހު 15:00 ގެ ނިޔަލަށް ވަނީ މިހާރު އިތުރުކޮށްފައެވެ.

ޕާޓް ފަންޑެޑް މި ސްކޯލާޝިޕްތަކުގެ ދަށުން ވަނީ އިންޑިއާގެ އެންމެ ރީތި އެއް ސިޓީ ކަމުގައިވާ ބެންގަލޫރުގައި ހުންނަ ގާޑަން ސިޓީ ޔުނިވާސިޓީން 5 ދާއިރާއަކުން ތައުލީމު ހާސިލް ކުރުމުގެ ފުރުސަތު ހުޅުވާލާފައެވެ.

ސްކޯލާޝިޕް ދޭ ކޯސްތަކުގެ ތެރޭގައި ހިމެނެނީ ބެޗެލަރ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން، ބެޗެލަރ އޮފް ކޮމްޕިއުޓަރ އެޕްލިކޭޝަން، ބެޗެލަރ އިން ބަޔޯޓެކްނޮލޮޖީ، ބަޔޯކެމިސްޓްރީ، ޖެނެޓިކްސް، ބެޗެލަރ އޮފް ފިޒިއޮތެރަޕީ އަދި މާސްޓަރ އޮފް ޓޫރިޒަމް އެންޑް ޓްރެވަލް މެނޭޖްމަންޓެވެ.