މިއަދުގެ ވަގުތެއްގައި ރަސްމީކޮށް ލޯންޗްކުރުމަށް ހަމަޖެހިފައިވާ ޖުމްހޫރީ ޕާޓީގެ އާ ދިދައާއި ލޯގޯގެ ފޮޓޯތަކެއް ސޯޝަލް މީޑިޔާގައި އާއްމުކޮށްލައިފި އެވެ.
ސޯޝަލް މީޑިޔާގައި ދައުރުވާ ފޮޓޯއިން ފެންނަ ޕާޓީގެ އާ ދިދައާއި ލޯގޯގައި ކުރިން އެޕާޓީން ބޭނުންކުރި ދިދަ އާއި ލޯގޯ އާއި މާބޮޑު ތަފާތެއް ނެތެވެ.
ކުރިން ޖޭޕީން ބޭނުންކުރި ލޯގޯ އާއި މިހާރުގެ ލޯގޯ އަށް ބަލާއިރު މަދުވަނީ ހަމައެކަނި ހަނދުފަޅި އެވެ.
މިއަދު ފެށުމަށް ހަމަޖެހިފައިވާ ޖޭޕީގެ ކޮންގްރެސްގައި އެ ޕާޓީގެ އާ ދިދއާއި ލޯގޯ ލޯންޗްކުރުމަށް ނިންމާފައިވަނީ އެކަމަށް ބާއްވަ ހާއްސަ ރަސްމިއްޔާތެއްގެ ތެރެއިންނެވެ.
އިލެކްޝަންސް ކޮމިޝަނުން ޖޭޕީގެ ދިދަ އާއި ލޯގޯ ބަދަލުކުރަން އަންގާފައިވަނީ މިދިޔަ މާޗް މަހުގެ ތެރޭގައި އެންގުމުން ޖޭޕީން ވަނީ ދެކޮޅު ހަދާފައެވެ.
ނަމަވެސް ފަހުން ޖޭޕީން ވަނީ ލޯގޯ އާއި ދިދަ ބަދަލުކުރުމަށް ފަހު އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައެވެ. ޖޭޕީން ހުށަހެޅި އާ ލޯގޯ އާއި ދިދަތައް ބޭނުންކުރުމުގެ ހުއްދަ އިލެކްޝަނުން ވަނީ މިހާރު އެޕާޓީއަށް ދީފައެވެ.