Last Updated: November 25, 21:09
Monday, November 25, 2024
ޚަބަރު

އެދޭ ވެރިކަމެއްގައި އެމްއެންޑީއެފް އުވާލާނަން: ސުއޫދު

ކުރީގެ ބަންޑާރަ ނައިބް އަދި މަޝްހޫރު ގާނޫނީ ވަކީލް ހުސްނުއް ސުއޫދު، ފޮޓޯ: އަވަސް

މަޝްހޫރު ގާނޫނީ ވަކީލް ހުސްނުއް ސުއޫދު އެދޭ ވެރިކަމެއްގައި މޯލްޑިވްސް ނެޝެނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އުވާލައި ކޯސްޓް ގާޑާއި މެރިން ޕޮލިސް އުފައްދާނެ ކަމަށް އޭނާ ވިދާޅުވެއްޖެ އެވެ.

ސުއޫދު ގެންދަވަނީ ޓްވިޓަރގައި "އަހަރެމެން އެދޭ ވެރިކަމެއްގައި" ނަމުގައި އެކި ޚިޔާލުތައް ފާޅުކުރައްވަމުންނެވެ. އެގޮތުން އެންމެ ފަހުން ކުރެއްވި ޓްވީޓްގައި ސުއޫދު ވިދާޅުވެފައިވާ ގޮތުގައި ހަމައެކަނި އެމްއެންޑީއެފަށް ދައުލަތުގެ ބަޖެޓުން ދުވާލެއްގެ މައްޗަށް 7 މިލިއަން ރުފިޔާ ޚަރަދުކުރެއެވެ.

"އެމްއެންޑީއެފް އުވާލައި އޭގެ ބަދަލުގައި ތިބޭނީ ކޯސްޓް ގާޑާއި މެރިން ޕޮލިސް"- ޤާނޫނީ ވަކީލް ޙުސްނުއް ސުޢޫދު

ސުއޫދުގެ ޓްވީޓްގައި އިތުރަށް ވިދާޅުވެފައި ވަނީ އެމްއެންޑީއެފް އުވާލައިގެން ސަލާމަތް ކުރެވޭ ފައިސާ ޚަރަދު ކުރާނީ އަތޮޅުތަކުގެ ހޮސްޕިޓަލްތައް ތަރައްޤީކުރަން ކަމަށެވެ.

ސުއޫދުވަނީ އެބޭފުޅާ އެދޭ ފަދަ ވެރިކަމެއްގައި ސުޕުރީމް ކޯޓުން ކުރިއަށް ގެންދާ އާއްމު މަސްލަހަތާއި ގުޅުން ހުރި ޝަރީއަތްތައް ޓީވީތަކުން ލައިވް ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.