އުއްތަމަ ފަނޑިޔާރުގެ މަގާމަށް ސުޕުރީމް ކޯޓުިގެ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ އައްޔަން ކުރުމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ރައީސް އަބްދުﷲ ޔާމީނަށް މިއަދު ލަފާ އަރުވައިފި އެވެ.
އުއްތަމަ ފަނޑިޔާރަކަށް ޑޜ. ޑީޑީ އައްޔަން ކުރުމަށް ލަފާ ދީފައި މިވަނީ ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު އާއި ފަނޑިޔާރު އަލީ ހަމީދިުގެ މައްޗަށް ޖިނާއީ ކުށް ސާބިތުވެކޮށްފައިވާ ހުކުމަށް ސުޕުރީމް ކޯޓުން ތާއިދު ކުރުމާއި ގުޅިގެން ސުޕުރީމް ކޯޓުގެ ދެ ފަނޑިޔާރުންގެ މަގަމި ގެއްލުމާއި ގުޅިގެންނެވެ.
ޖޭއެސްސީން ވަނީ ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު އާއި ފަނޑިޔާރު އަލީ ހަމީދުގެ ބަދަލުގައި ސުޕުރީމް ކޯޓަށް ހައި ކޯޓުގެ ހައި ކޯޓުގެ މިހާރުގެ އިސް ފަނޑިޔާރު އަބްދުﷲ ދީދީ އާއި ހައި ކޯޓުގެ ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދު އައްޔަން ކުރުމަށެވެ.