ދާދި ފަހުން ރިލީޒް ކުރި "ޕަރްމަނޫ: ދަ ސްޓޯރީ އޮފް ޕޮކްރާން" ގެ ކާމިޔާބީ އަށް ފަހު ޖޯން އަބަރަހަމް އަނެއްކާ ވެސް ވަރުގަދަ އެކްޝަބް ފިލްމަކުން ބެލުންތެރިންނަށް އޭނާގެ ގަފަދަކަން ދައްކައިލަން ތައްޔާރުވެއްޖެ އެވެ.
މި ފަހަރުގެ ފިލްމަކީ މިލަޕް ޒަވޭރީ ޑައިރެކްޓްކޮށްފައިވާ ސަތިޔަމޭވް ޖަޔަތޭ (އެސްއެމްޖޭ) އެވެ. ފިލްމް ސިނަމާތަކަށް އަންނާނީ އަކްޝޭ ކުމާރްގެ ކުޅިވަރު ފިލްމް "ގޯލްޑް" އާ އެކު، އަންނަ އޮގަސްޓް މަހުގެ 15 ގަ އެވެ.
"އެސްއެމްޖޭ" ގައި ޖޯންއާ އެކު ބަތަލާގެ ރޯލް ކުޅެފައި ވަނީ "ތުމް ބިން 2" ފަދަ ފިލްމްތަކުގެ ބަތަލާ ނީހާ ޝަރްމާގެ ކޮއްކޮ އައިޝާ ޝަރްމާ އެވެ. މިއީ އޭނާ ބޮލީވުޑަށް ތައާރަފުވާ ފިލްމެވެ.
Main maaroonga toh marr jaayega, desh ka har Beimaan ab darr jaayega. Kyun ki ab Beimaan Pitega, Corruption Mitega. Watch the #SatyamevaJayateTrailer.https://t.co/IE8nk1zSbp@zmilap @SMJFilm @TSeries @EmmayEntertain @nikkhiladvani @BajpayeeManoj #BhushanKumar @aishasharma25
— John Abraham (@TheJohnAbraham) June 28, 2018
އަދި ފިލްމްގެ ވަރަށް މުހިއްމު ރޯލަކުން މަނޯޖް ބަޖްޕާއީ ވެސް ފެނިގެން ދާނެ އެވެ.
ޖޯން ބުނި ގޮތުގައި އޭނާ އެންމެ ގަޔާވާ ޖޯންރާއަކީ އެކްޝަން ފިލްމްތައް ކަމަށްވެފައި، އޭނާގެ އެކްޝަން ފިލްމްތަކަށް ލޯބި ކުރާ މީހުންނަށް "އެސްއެމްޖޭ" އަކީ ވެސް ވަރަށް ހާއްސަ ފިލްމަކަށް ވާނެ އެވެ. އަދި ފިލްމްގައި ވަރަށް ވަރުގަދަ އެކްޝަން މަންޒަރުތަކެއް ހުންނާނެ ކަމަށް ބުންޏެވެ.