ފީފާ ވޯލްޑް ކަޕްގެ 2018ގެ ދެވަނަ ބުރުގައި ޑެންމާކް އަތުން މޮޅުވެ ކްރޮއޭޝިޔާ އިން މުބާރާތުގެ ކުއާޓާ ފައިނަަލަށް ދަތުރުކޮށްފި އެވެ.
ކުއާޓާއަށް ކްރޮއޭޝިއާ ދަތުރުކުރީ ޕެނަލްޓީގައި ޑެންމާކުގެ މައްޗަށް 3-2 އިން ކުރި ހޯދައިގެންނެވެ.
ރޭގެ މެޗް ފަށައިގެން މާ ގިނަ އިރުތަކެއް ނުވެ ފުރަތަމަ ލަނޑު ޖަހައި ލީޑު ނެގީ ޑެންމާކުންނެވެ. މެޗުގެ 58 ވަނަ ސިކުންތުގައި ޑެންމާކުގެ ގޯލު ކާމިޔަބު ކޮށްދިނީ މަޔިއެސް ޔޯގެންސަން އެވެ. މިއީ މިފަހަރުގެ ވޯލްޑް ކަޕްގައި ފެނިގެންދިޔަ އެންމެ އަވަސް ގޯލެވެ.
ޑެންމާކުން ލީޑު ނެގި ނަމަވެސް، އެޓީމަށް ލީޑު ހިފަހައްޓާލެވުނީ 1 މިނެޓާ 52 ސިކުންތު ވަންދެނެވެ. ކްރޮއޭޝިޔާ އަށް އެއްވަރުކޮށްދިނީ މާރިއޯ މަންޒުކިޗްއެވެ.
މި ލަނޑަށް ފަހު މުޅި މެޗް ޑޮމިނޭޓްކޮށްގެން ކުޅުނީ ކްރޮއޭޝިޔާ އިންނެވެ. އެހެން ނަމަވެސް މެޗުގެ 90 މިނެޓުގެ ކުޅުން ހަމަވި އިރު ވެސް 2 ޓީމުން ކުރެ ޓީމަކަށް އިތުރު ގޯލެއް ކާމިޔާބެއް ނުކުރެވުނެވެ.
އިތުރު ވަގުތުގެ ގޮތުގައި ގޮތުގައި ކުޅުނު 30 މިނިޓްގެ ތެރޭގައި މެޗްގެ ނަތީޖާ އަނބުރާލާނެ ރަނުގެ ފުރުސަތެއް ލިބުނީ ކްރޮއޭޝިޔާ އަށެވެ. އެ ޓީމަށް މެޗްގެ 116 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީ ލޫކާ މޮޑްރިޗް ފޮނުވާލުމުން ޑެންމާކްގެ ކީޕަރު ކެސްޕާ ޝްމައިކަލް ވަނީ ދިފާއު ކޮށްފައެވެ.
އިތުރު ވަގުތުގެ ގޮތުގެ 30 މިނެޓުގައިވެސް އެއްވެސް ޓީމަކަށް ގޯލެއް ކާމިޔާބުނުކުރެވުމުން، ނަތީޖާ ނެރުނީ ޕެނަލްޓީ ޖަހައިގެންނެވެ.
ޕެނަލްޓީގައި ކްރޮއޭޝިއާއިން ވަނީ ޑެންމާކުގެ މައްޗަށް 3-2 އިން ކުރިހޯދާފައެވެ. ޑެންމާކުން ވަނީ 5 ޕެނަލްޓީގެ ތެރެއިން 3 ޕެނަލްޓީ ބޭކާރުކޮށްލާފައެވެ.
ކުއާޓާ ފައިނަލުގައި ކްރޮއޭޝިޔާ އާއި ވާދަކުރާނީ ރަޝިއާ އާއެވެ.