ފީފާ ވޯލްޑްކަޕް 2018ގެ ދެވަނަ ބުރުގައި ރޭ ރަޝިޔާ އަތުން ސްޕެއިން ބަލިވި މެޗްގައި ސްޕެއިންގެ ސަޕޯޓަރަކު އަމަލުކުރި ގޮތަށް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެއްޖެއެވެ.
ރޭގެ މެޗްގައި ޕެނަލްޓީ ޖަހައިގެން ރަޝިޔާ އަތުން ސްޕެއިން ބަލިވުމާއި އެކު ސްޕެއިންގެ ސަޕޯޓަރު ވަނީ އޭނާ ލައިގެން ހުރި ސްޕެއިންގެ ޖާޒީ ބޭލުމަށް ފަހު ރަޝިޔާގެ ޖޯޒީ އަށް ބަދަލުކޮށްފައެވެ.
ސޯޝަލް މީޑިޔާގައި އާއްމުވެފައިވާ ވީޑިއޯ އިން ފެންނަ ގޮތުގައި ސްޕެއިންގެ ރަތް ކުލައިގެ ޖާޒީ ލައިގެން ހުރި ސަޕޯޓަރު ވަނީ ރަޝިޔާގެ ޖޯޒީ އެއް ލުމަށް ފަހު އުފާފާޅުކުރަން ފަށާފައެވެ.
Quick change….??? pic.twitter.com/s4L0tpnwck
— VUJ (@DavidVujanic) July 1, 2018
މި ސަޕޯޓަރަށް ފާޑުކިޔާފައިވާ ބައެއް ފަރާތްތަކުން ބުނެފައިވާ ގޮތުގައި މިއީ ހަގީގީ "ޕްލާސްޓިކް ފޭން" އެއް ކަމަށެވެ.