Last Updated: November 25, 13:27
Monday, November 25, 2024
ކުޅިވަރު

އެމްބާޕޭ ބްރެޒިލްގެ ރޮނާލްޑޯއާ އެއްގޮތް: ވަރާން

ފްރާންސްގެ އުއްމީދީ ފޯވާޑް ކިލިއަން އެމްބާޕޭ އާއި ބްރެޒިލްގެ ލެޖެންޑް ރޮނާލްޑޯ އާއި އެއްގޮތް ކަންތަކެއް އެބަހުރި ކަމަށް ފްރާންސްގެ ޑިފެންޑަރު ރަފޭލް ވަރާން ބުނެފިއެވެ.

ވޯލްޑްކަޕްގެ ދެވަނަ ބުރުގައި އާޖެންޓީނާ އަތުން ފްރާންސް މޮޅުވި މެޗްގައި އުމުރުން 19 އަހަރުގެ އެމްބާޕޭގެ މޮޅު ކުޅުން ވަނީ ފެނިގެން ގޮސްފައެވެ. އެ މެޗްގައި އޭނާ ވަނީ ދެ ގޯލް ކާމިޔާބުކޮށްފައެވެ.

އެމްބާޕޭ އަށް ތައުރީފްކޮށް ވަރާން ބުނެފައިވަނީ، "ރޮނާލްޑޯ އާއި އެއްގޮތް ހުނަރުތަކެއް އެމްބާޕޭގެ ކިބައިގައި އެބަހުރި" ކަމަށެވެ. އަދި އެމްބާޕޭ ފަދަ ހުނަރުވެރި ޒުވާން ކުޅުންތެރިޔަކު ފްރާންސް ޓީމުގައި ހުރުމަކީ އުފާކުރާ ކަމެއް ކަމުގައި ވަރާން ވަނީ ބުނެފައެވެ.

މިފަހަރުގެ ވޯލްޑްކަޕްގައި އެންމެ ވިދާލާނެ ކުޅުންތެރިޔަކީ އެމްބާޕޭ ކަމަށް މުބާރާތުގެ ކުރިން ވެސް ތަޖުރިބާކާރުން ވަނީ ލަފާކޮށްފައެވެ. އެ ލަފާކުރުންތައް އަދި މިހާތަނަށް ރަނގަޅު ކަން ފާހަގަކުރެވޭއިރު، އެމްބާޕޭ ވަނީ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތެއްގެ އެއް މެޗެއްގައި ޒުވާން އުމުރުގައި (20 އަހަރުން ދަށް) ދެ ލަނޑު ޖަހައިގެން ބްރެޒިލްގެ ލެޖެންޑް ޕެލޭ ހަދާފައި އޮތް 60 އަހަރުވީ ރެކޯޑް އާއި އަރާ ހަމަކޮށްފައެވެ.