Last Updated: April 22, 11:20
Tuesday, April 22, 2025
ކުޅިވަރު

ފްރާންސް ފައިނަލާ ހިސާބަށް ދާނެ: ވިއޭރާ

ފީފާ ވޯލްޑްކަޕް 2018 ގައި ވާދަކުރާ ފްރާންސްގެ ޓީމު މުބާރާތުގެ ފައިނަލާއި ހިސާބަށް ދާނެ ކަމަށް ޕެޓްރިކް ވިއޭރާ ބުނެފި އެވެ.

ފްރާންސްގެ ޤައުމީ ޓީމާއި އެކު 1998 ވަނަ އަހަރުގެ ވޯލްޑްކަޕް ކާމިޔާބުކުރި ޓީމުގައި ހިމެނޭ ވިއޭރާ ގަބޫލުކުރާ ގޮތުގައި ދެވަނަ ބުރުގައި އާޖެންޓީނާ އަތުން މޮޅުވުމުން ފްރާންސް ޓީމުގެ ކުޅުންތެރިންގެ އިތުބާރު ވަނީ ވަރަށް ބޮޑުވެފައެވެ.

އަދި ގިނަ ބައެއް ފާޑުކިޔުން ފްރާންސަށް އަމާޒުވެފައިވަނިކޮށް އާޖެންޓީނާ އަތުން ހޯދި މޮޅުން ފްރާންސް ފައިނަލަށް ދާނެ ކަމަށް ބެލެވޭ ކަމަށް ވިއޭރާ ވަނީ ބުނެފައެވެ.

ފްރާންސްގައި އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ވިއޭރާ އިތުރަށް ބުނެފައިވަނީ މިހާރު އޮތް ފްރާންސް ޓީމަކީ ބަލިކުރަން އުނދަގޫ ޓީމަކަށް ވާނެ ކަމަށެވެ.