Last Updated: November 25, 19:38
Monday, November 25, 2024
ޚަބަރު

ރާއްޖޭގެ ކްރައިމް ގަޑި މިހާރު ބަދަލުވެެއްޖެ: އައިބީ

ކެމްޕޭން ހަފުލާގައި އައިބީ ވާހަކަ ދަައްކަވަނީ.

ދިވެހިރާއްޖޭގައި މިހާރުގެ "ކްރައިމް ގަޑި" އޮތީ ވަރަށް ބޮޑަށް ބަދަލުވެފައި ކަމަށް ފޭދޫ ދާއިރާގެ މަޖިލިސް މެންބަރު އިބްރާހިމްދީދީ (އައިބީ) ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ 2018 ވަނަ އަހަރުގެ ދެވަނަ ދައުރުގެ 5 ވަނަ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

ޖިނާޢީ އިޖުރާތުގެ ޤާނޫނަށް ސަރުކާރުގެ ފަރާތުން ހުށަހެޅި އިސްލާޙުތަކާއި ބެހޭގޮތުން ވާހަކަ ދައްކަވަމުން އައިބީ ވިދާޅުވީ، ރާއްޖޭގެ ކްރައިމް ގަޑި މިހާރު މި އޮތީ ބަދަލުވެފައި ކަމަށެވެ. އަދި އާއްމުކޮށް އިރު އޮއްސި ހަޔަކުން ރޭގަނޑު ދިހަ އަކާއި ދޭތެރޭގެ ވަގުތު ތަކަކީ ގިނައިން ކުށްތަކަށް އަރައިގަންނަ ވަގުތަކަށް ވެފައިވާ ކަމަށް އައިބީ ވިދާޅުވިއެވެ.

އައިބީ ވިދާޅުވި ގޮތުގައި ހައްޔަރުކުރުމާއި ކޯޓު އަމުރު ނެރުން ފަދަ ކަންތައް ކުރާ ވަގުތުތަކަށް ބަދަލުތައް ގެނެސްފައިވަނީ "ކްރައިމް ގަޑި" ބަދަލުވެފައިވާ ތީއެވެ.

"އިޞްލާޙުގެނެވިފައިވާ ގަޑިތަ ކަކީ، ކްރައިމް ރޭޓް ގަޑިތަކަކަށް މި އޮތީ، ހެނދުނު ހަ ޔަކުން ރޭގަނޑު ދިހައަކަށް ބަދަލު ގެނެވިފަ." އައިބީ ވިދާޅުވިއެވެ.

ސަރުކާރުގެ ފަރާތުން އައިބީ ހުށަހެޅުއްވި އިސްލާހުގައި ބުނެފައިވާ ގޮތުން "އަމިއްލަ ތަނަކަށް ވަނުމުގެ ކުރިން އެތަނެއްގަ ތިބި ބަޔަކަށް އަންގައިފިނަމަ ބަލާފާސްކުރުމުގެ މަގުސަދު ގެއްލޭނެމަ އެތާ ތިބި ބަޔަކަށް ނާންގާ އެތަނަށް ވަނުމުގެ އިހްތިޔާރު ގާނޫނު ތަންފީޒުކުރާ އިދާރާތަކުގެ އޮފިސަރުންނަށް ލިބިގެންވާ" ކަމަށެވެ.