Last Updated: November 25, 17:44
Monday, November 25, 2024
ޚަބަރު

"ފާތިމާ" ވިއްކާލަން އިއުލާންކޮށްފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގައި ރަހުނުކޮށްފައިވާ "ފާތިމާ" ކިޔާ ސަފާރީއެއް ނީލަމުގައި ވިއްކާލުމަށް ހުޅުވާލައިފިއެވެ.

ދިގުމިނުގައި 29 މީޓަރު އަދި ފުޅާ މިނުގައި 9.5 މީޓަރު ހުންނަ މި ސަފާރީ އަކީ ބ. މާޅޮހަށް ނިސްބަތްވާ މީހެއްގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ ސަފާރީއެކެވެ.

ބީއެމްއެލް އިން ކުރި އިއުލާނުގައި ބުނެފައިވާ ގޮތުގައި، އެ ސަފާރީ ވިއްކާލަނީ އިންޖީނާއި ވެސް އެކުގައެވެ. ސަފާރީ ވިއްކާލުމަށް ނީލަން ފެށުމަށް ހަމަޖެހިފައިވާ އަގަކީ -/1,250,000 ރ. (އެއް މިލިއަން ދެލައްކަ ފަންސާސް ހާސް ރުފިޔާ) އެވެ.

މި ސަފާރީ ގަތުމަށް އެދޭ ފަރާތްތަކުން 23 ޖުލައި 2018ގެ މެންދުރު ފަހު 1:20 ގެ ކުރިން ސިޓީ ހުށަހެޅުމަށް ބީއެމްއެލް އިން ކުރި އިއުލާނުގައި ވަނީ ބުނެފައެވެ.

ދެހާސް ތޭރަ ވަނަ އަހަރު ރަޖިސްޓްރީކޮށްފައިވާ އެ ސަފާރީ ވިއްކާލަނީ ބެންކް އޮފް މޯލްޑިވްސް އިން ހިންމަތް އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް އަށް ދޫކޮށްފައިވާ ޑިމާންޑް ލޯނަކަށް ފައިސާ ނުދައްކައިގެންނެވެ.