Last Updated: November 25, 11:46
Monday, November 25, 2024
ކުޅިވަރު

ހެޓްރިކެއް ހަދައިފި ނަމަ ނޭމާއަށް ރަޝިޔާއިން ބިމެއް

ވޯލްޑްކަޕްގައި ލަނޑެއް ޖެހުމަށް ފަހު ނޭމާ އުފާފާޅުކުރަނީ.

ފީފާވޯލްޑްކަޕް 2018ގެ ކުއާޓާ ފައިނަލުގައި މިރޭ ބްރެޒިލް އާއި ބެލްޖިއަމް ބައްދަލުކުރާ މެޗްގައި ބްރެޒިލްގެ ނޭމާ ހެޓްރިކެއް ހަދައިފި ނަމަ އޭނާއަށް ބިމެއް ދޭނެ ކަމަށް ބުނެފިއެވެ. ނޭމާއަށް ބިމެއް ދޭނެ ކަން ހާމަކުރީ ރަޝިޔާގެ ކަޒަން ސިޓީގެ މޭޔަރެވެ.

ކަޒަން ސިޓީގެ މޭޔަރ އިލްސޫ މެޓްޝިން ބުނެފައިވާ ގޮތުގައި ނޭމާއަށް ބިމެއް ދޭން ވިސްނަނީ، ތަފާތު ކަމެއް ތަޢާރަފް ކުރުމުގެ ގޮތުން ކަމަށެވެ.

"ނޭމާ ހެޓްރިކެއް ހަދައިފި ނަމަ އަހަރުމެން މަސައްކަތް ކުރާނަން އޭނާއަށް ބިމެއްދޭން ސްޕޮންސަރ ހޯދަން." މެޓްޝިން ބުންޏެވެ.

މިރޭ ކަޒަން ސިޓީގައި ބްރެޒިލް އާއި ބެލްޖިއަމް ކުޅޭ މެޗަށް ފަހު އެ ސިޓީގައި ދެން ވޯލްޑްކަޕްގެ މެޗެއް ނުކުޅޭނެއެވެ.