Last Updated: April 20, 11:26
Sunday, April 20, 2025
ޚަބަރު

މަރަދޫފޭދޫން އަށް މަހުގެ ތުއްތު ކުއްޖަކު ކުއްލި ގޮތަކަށް މަރުވެއްޖެ

ރޭ ސ. މަރަދޫފޭދޫން 8 މަހުގެ ތުއްތު ކުއްޖަކު ކުއްލިގޮތަކަށް މަރުވެއްޖެއެވެ.

މަރަދޫ ފޭދޫން ވާހަކަ ދެއްކި މީހަކު ބުނީ އެ ރަށު ސެވެން އެންޑް ބީ ވިޒްނާ އަބްދުﷲގެ އަލަތު ދަރިފުޅު މަރުވެފައިވާ ކަން އެނގުނީ ރޭ ގާތްގަޑަކަށް 9:00 ޖަހާ އެހާކަށްހާ އިރު އެވެ.

ވިޒުނާ އޭނާގެ އަންހެން ދަރިފުޅު ނިންދަވާފައި ބޭއްވީ 7:00 ޖަހާ އެހާކަށްހާ އިރު ކަމަށާއި އޭގެ ފަހުން ވިޒްނާ އުޅުނީ އެއްޗެހި ދޮންނަންވެގެން ކަމަށް އެހި ސާބުގަނޑު މީހަކު ކިޔައި ދިނެވެ.

އޭނާ ބުނީ އޭގެ ފަހުން ދަރިފުޅު ހަރަކާތް ނުކުރާހެން ހީވެގެން ބެލި އިރު ދަރިފުޅު އޮތީ މަރުވެފައި ކަމަށެވެ.