Last Updated: April 11, 18:01
Friday, April 11, 2025
ކުޅިވަރު

ޕައުލީނިއޯ އަލުން ޗައިނާ އަށް

ބްރެޒިލް އަދި ބާސެލޯނާގެ މިޑްފީލްޑަރު ޕައުލީނިއޯ އޭނާގެ ކުރީގެ ކުލަބު، ޗައިނާގެ ގެންޒޫ އެވަގްރާންޑޭ އަށް އެންމެ ސީޒަނެއް ބާސާގައި ހޭދަ ކުރުމަށް ފަހު ބަދަލުވެއްޖެ އެވެ.

ބާސެލޯނާއިން ޕައުލީނިއޯ ގެންޒޫއަށް ބަދަލުވެފައިވާކަން ކަށަވަރުކޮށްދީފައި ވާއިރު އޭނާ ގެންގޮސްފައިވަނީ ލޯނެއްގެ ދަށުންނެވެ. އަދި ބާސާއިން ވަނީ ޗައިނާ ކުލަބަށް ޕައުލީނިއޯ ދާއިމީކޮށް ގެންދިއުމުގެ ފުރުސަތުވެސް އޮތް ކަން ހާމަކޮށްފައެވެ.

ވޯލްޑް ކަޕްގައި ބްރެޒިލުން ކުޅުނު 5 މެޗުގައިވެސް ފުރަތަމަ އެގާރައިން ޕައުލީނިއޯ ޖާގަ ހޯދާފައިވާއިރު އޭނާ ވަނީ އެއް ލަނޑު ކާމިޔާބުކޮށްފައެވެ. އަދި ބާސާގައި ހޭދަކުރި ސީޒަނުގައި އޭނާ ވަނީ 34 މެޗުގައި ކުޅެ 9 ގޯލު ބާސާއަށް ޖަހާދީފައެވެ.

ޓޮޓެންހަމް ހޮޓްސްޕާސް އިން ޕައުލީނިއޯ ޗައިނާގެ ގެންޒޫ އަށް ބަދަލުވެފައިވަނީ 2015 ވަނަ އަހަރުގައެވެ. އޭނާ ވަނީ އެކުލަބުގައި 63 މެޗު ކުޅެފައެވެ.