Last Updated: April 23, 01:22
Tuesday, April 22, 2025
ކުޅިވަރު

އަސެންސިއޯ ރެއާލްގައި މަޑުކުރާނެ: އެޖެންޓް

ސްޕެއިންގެ ޒުވާން މިޑްފީލްޑަރު މާކޯ އަސެންސިއޯ ރެއާލް މެޑްރިޑް ދޫކޮށްލަން އުޅޭކަމަށް ދެކެވޭ ވާހަކަތައް އޭނާގެ އޭޖެންޓް ހޮރާސިއޯ ދޮގުކޮށްފި އެވެ.

ހޯމަ ދުވަހު ދިން އިންޓަވިއު އެއްގައި އަސެންސިއޯގެ އެޖެންޓް ބުނެފައި ވަނީ އަސެންސިއޯ އެހެން ޓީމަކަށް ނުދާނެ ކަމަށާއި އޭނާ ރެއާލް މެޑްރިޑްގައި މަޑުކުރާނެ ކަމަށެވެ.

"އަސެންސިއޯ އަންނަނީ ކުރިއެރުންތައް ހޯދަމުން. ކުރިއަށް އޮތް ސީޒަނުގައި އޭނާ ވެގެންދާނެ ރެއާލްގެ ވަރަށް މުހިއްމު މީހަކަށް." އޭޖެންޓް ބުންޏެވެ.

މަޝްހޫރު ޓެނިސް ކުޅުންތެރިޔާ ރަފައެލް ނަޑާލްގެ އެދުމާ އެކު ރެއާލުން 2014 ވަނަ އަހަރު އަސެންސިއޯ ގަތީ 3.5 މިލިއަން ޑޮލަރަށެވެ.

އަސެންސިއޯ ހޯދުމަށް ފާރަލަމުން އަންނަ ޓީމްތަކުގެ ތެރޭގައި ލިވަޕޫލް އަދި ޗެލްސީ ހިމެނެ އެވެ.