އިދިކޮޅު އިއްތިހާދުގެ ފަރާތުން ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ އިބްރާހިމް މުހައްމަދު ސޯލިޙް(އިބޫ) އަށް ހަމަލާދޭން މަސައްކަތް ކޮށްފިއެވެ.
'އައްޑޫލައިވް' އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި، ހުޅުމާލޭ ސެންޓްރަލް ޕާކް ކައިރިން އިބޫ ހިންގަވާފައި ދަނިކޮށް އެބޭފުޅާ އަށް ހަމަލާދޭން މަސައްކަތް ކުރީ ސައިކަލުގައި އައި ދެ މީހެކެވެ.
އެމީހުން އިބޫ އަށް ހަމަލާދޭން މަސައްކަތް ކުރި ނަމަވެސް، އެ ސަރަހައްދުގައި ތިބި އެމްޑީޕީގެ އިސް ބޭފުޅުންނާއި އިބޫގެ ސެކިއުރިޓީން ވަނީ އިބޫ އޭނާއަށް ހިމާޔަތް ދީފައެވެ.
އެމްޑީޕީގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި އިބޫ އަށް ހުޅުމާލެއިން ހަމަލާދޭން އުޅުނު ނަމަވެސް ސެކިއުރިޓީން އެކަމަށް ހުރަސް އަޅާފައިވާ ކަމަށެވެ.
"ހަމަލާދޭން އުޅުމުން ސެކިއުރިޓީންނާއި އެކުގައި ތިބި މީހުން ވަނީ އެކަމަށް ހުރަސް އަޅައި އިބޫ ކާރަކަށް އަރުވައިގެން އެ އެ ސަރަހައްދުން ގެންގޮސްފައި." އޮފިޝަލް ވިދާޅުވިއެވެ.
#HoonuKhabaru: Coalition ge candidate @IbuSolih, Hulhumale gai D2D gai ulhuhvanikoh hamalaa dheyn masakkaiy kohffi!
IBU ah hamaladheyn ulhumun ibu salaamai kurumah masahkai kuri aanmun ge dhe myhakah aniyaavefai vaakamah mauloomaathu libey. pic.twitter.com/hGaeXiLlvh
— Shumba Gong ?? (@ShumbaGong) July 10, 2018
އިބޫ އަށް ހަމަލާދޭން މަސައްކަތް ކުރި މަންޒަރު ފެންނަ ވީޑިއޯ އެއް ވެސް މިހާރު ސޯޝާލް މީޑިޔާގެ ދަނީ ދައުރުވަމުންނެވެ.
އިބޫއަށް ހަމަލާދީ ހަމަނުޖެހުން ހިންގަން މަސައްކަތް ކުރި މައްސަލައިގައި މިހާތަނަށް ފުލުހުން އެއްވެސް މީހަކު ހައްޔަރުކުރި ކަމެއް ސާފެއް ނުވެއެވެ.