Last Updated: April 21, 22:45
Monday, April 21, 2025
ޚަބަރު

އިބޫ އައްޑޫގެ މަސްވެރިންނާ ބައްދަލު ކުރައްވައިފި

އިބޫ އައްޑޫގެ މަސްވެރިންނާއި އެކު ބޭއްވި ބައްދަލުވުން.

ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިޙް(އިބޫ) އައްޑޫ ސިޓީގެ މަސްވެރިންނާއި ބައްދަލުކުރައްވައިފިއެވެ.

މަރަދޫގައި ކުރިއަށް ދިޔަ މި ބައްދަލުވުމުގައި އިބޫ ވަނީ މަސްވެރިންނަށް ދިމާވެފައި ހުރި ދަތިތައް އޮޅުން ފިލުއްވައި އެކަންތައް ހައްލުކޮށްދެއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.

ގިނަ އަދަދެއްގެ މަސްވެރިން ބައިވެރިވި މި ބައްދަލުވުމުގައި މަސްވެރިން ވަނީ ޑައިވިން ކޮށްގެން އެން ހިފަންޖެހޭތީ ދިމާވާ ހާދިސާތަކުގައި ފަރުވާ ދެވޭނެ ވަސީލަތް ނެތުމުގެ ކަންބޮޑުވުން އިބޫ އާއި ހިއްސާކޮށްފައެވެ.

މަސްވެރިންނާއި ބައްދަލުކުރެއްވުމަށް ފަހު އިބޫ ވިދާޅުވި ގޮތުގައި، އިރާދަކުރެއްވިއްޔާ އެމަނިކުފާނު ދެން އައްޑޫއަށް ވަޑައިގެންނަވާ އިރު މަސްވެރިންގެ ކަންބޮޑުވުންތައް ހައްލުކުރުމަށް އިދިކޮޅު ކޯލިޝަނުގެ ސަރުކާރެއްގައި މަސައްކަތް ކުރައްވާނެ ގޮތުގެ ތަފްސީލްއެކު ހާމަކުރައްވާނެ ކަމަށެވެ.