ރިޔާސީ މެނިފެސްޓޯގައި ރައްޔިތުންނަށް ދަތިވެފައިވާ ކަންތަކަށް ހައްލު ހިމަނުއްވާނެ ކަމުގެ ޔަގީންކަން ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިޙް އާއި އެމަނިކުފާނުގެ ރަނިން މޭޓް ފައިސަލް ނަސީމް ދެއްވައިފިއެވެ.
އައްޑޫ ސިޓީ މަރަދޫފޭދޫގައި ފެއްޓެވި ޑޯޓުޑޯ ކެމްޕެއިން ހަރަކާތުގެ ތެރެއިން މީޑިޔާ ތަކަށް މައުލޫމާތު ދެއްވަމުން ފައިސަލް އާއި އިބޫ ވެސް ވިދާޅުވީ އެމްއޯޔޫގެ ސަރުކާރު ހިންގާނީ ރައްޔިތުންގެ އަޑު އަހައިގެން ކަމަށެވެ.
އިއްޔެ ހަވީރު އިބޫ އައްޑޫ އަށް ވަޑައިގެންނެވި އިރު ފައިސަލް އައްޑޫ އަށް ވަޑައިގަތީ މިއަދު ހެނދުނުއެވެ. ދެ ބޭފުޅުން އެކުގައި ކެމްޕެއިން ހަރަކާތްތައް ބާރު ސްޕީޑެއްގައި ކުރިއަށް ގެންދަވާއިރު އެބޭފުޅުންނާއި އެކު އިސްލާޙަށް ލޯބިކުރާ ގިނަ އަދަދެއްގެ ރައްޔިތުން ވެސް ދަނީ ބައިވެރިވަމުންނެވެ.
މިވަގުތު ފައިސަލް އާއި އިބޫ ކެމްޕެއިން ކުރައްވަމުން ގެންދަވަނީ ހުޅުދޫ އަދި މީދޫގައެވެ.