Last Updated: April 21, 22:45
Monday, April 21, 2025
ދުނިޔެ

ޕުޓިން އާއި އައްބާސް ބައްދަލުކޮށްފި

ރަޝިޔާގެ ރައީސް ވްލަޑްމީރް ޕުޓިން ފަލަސްތީނުގެ ރައީސް މަޙްމޫދް އައްބާސް އާއި ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުން އޮތީ ރަޝިޔާގެ ވެރިރަށް މޮސްކޯގައި ހުންނަ އެގައުމުގެ ރިޔާސީ ގަނޑުވަރުގައެވެ.

ރަޝިޔާގެ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މި ބައްދަލުކުރެއްވުމުގައި ޕުޓިން އާއި މަހްމޫދް އައްބާސް ވަނީ މެދުއިރުމަތީގެ ޙާލަތާއި ބެހޭގޮތުން މަޝްވަރާކުރައްވާފައެވެ.

އަދި މީގެ އިތުރުން، ދެ ޤައުމުން ގުޅިގެން ކުރިއަށްގެންދާ ބައެއް މަޝްރޫޢުތަކާއި، ޓެލްއަވީވްގައި ހުރި އެމެރިކާގެ އެމްބަސީ ޤުުދުސަށް ބަދަލުކުރި މައްސަލައާ ބެހޭގޮތުންވެސް ޕުޓިން އާއި އައްބާސް މަޝްވަރާކުރެއްވިއެވެ.

ޢައްބާސް އާއި ޕުޓިން ބައްދަލުކުރެއްވި އިރު އަންނަ ހޯމަ ދުވަހު ޕުޓިން އާއި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ޚާއްސަ ސަމިޓެއް އޮންނާނެއެވެ.