Last Updated: February 23, 23:10
Monday, February 24, 2025
ޚަބަރު

އެއްވުމުގެ ތެރެއިން އަމީތު ހައްޔަރުކޮށްފި

މުޒާހަރާގެ ތެރެއިން ފުލުހުން އަމީތު ހައްޔަރުކުރަނީ - ފޮޓޯ: ރާއްޖެއެމްވީ

ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު ހައްޔަރުކޮށްފި އެވެ.

އަމީތު ހައްޔަރުކޮށްފައި މިވަނީ މިނިވަން އިންސާފުވެރި އިންތިޅާބެއް ބޭއްވުމަށާއި އިދިކޮޅު ސިޔާސީ ފަރާތްތައް ދޫކޮށްލުމަށް ގޮވާލާ އެމްޑީޕީ އިން މިހާރު ކުރިއަށްގެންދާ ހިނގާލުމުގައި ބައިވެރިވެވަޑައިގަތުމަށްޓަކައި ސޯސަން މަގު އެމްޑީޕީ އޮފީސް ކުރިމަތީގައި ހުންނަވަނިކޮށެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި އަމީތު ހައްޔަރުކުރީ އޭނާ އެތަނުގައި ސުލްހަވެރިކަމާއެކު ހުންނަވަނިކޮށް ފުލުހުންގެ އޮފިސަރުންތަކެއް ކުއްލިއަކަށް އޭނާއާ ކައިރިވުމަށްފަހު ކަމަށެވެ.

އަމީތު ހައްޔަރުކުރުމާއެކު ފުލުހުންނާއި އާންމުންނާ ދެމެދު ދެބަސްވުންތަކެއް ހިނގި ނަމަވެސް ހަމަނުޖެހުންތަކެއް ހިނގާފައެއް ނުވެ އެވެ.

– ތަފްސީލް އަންނަނީ –