Last Updated: April 21, 22:45
Monday, April 21, 2025
ކުޅިވަރު

ޕީއެސްޖީގައި މަޑުކުރާނަން: އެމްބާޕޭ

ފްރާންސްގެ ޒުވާން ތަރި ކީލިއާން އެމްބާޕޭ ހޯދުމަށް ޔޫރަޕުގެ ގަދަ ބާރުތަކުން މަސައްކަތް ކުރަމުން އައި ނަމަވެސް އަންނަ ސީޒަނުގައި ވެސް ޕީއެސްޖީގައި މަޑުކުރާނެ ކަމަށް އޭނާ ބުނެފިއެވެ.

އެމްބާޕޭ ބުނި ގޮތުގައި އޭނާ ޕީއެސްޖީގައި މަޑުކުރާނެ ކަމަށާއި އަދި ބޭނުންވަނީ ޕީއެސްޖީގައި ކުރިއަށް ދިއުމަށް ކަމަށެވެ.

ފީފާވޯލްޑް ކަޕްގެ 2018 އެންމެ މޮޅު ޒުވާން ކުޅުންތެރިއާގެ މަގާމު ހޯދި އުމުރުން 19 އަހަރުގެ އެމްބާޕޭ ގަބޫލުކުރާ ގޮތުގައި އޭނާގެ ކެރިއަރު އަދި ފެށުނީއެވެ.

އަހަރެން ޕީއެސްޖީ އާއި އެކު މަޑުކުރާނަން. އަދި މިއުޅެނީ ކެރިއަރުގެ އެންމެ ކުރީކޮޅުގައި." އެމްބާޕޭ ބުންޏެވެ.

އެމްބާޕޭ މިހެން ބުނި ނަމަވެސް އޭނާގެ ސޮއި އަތުލުމަށް ރެއާލް މެޑްރިޑުން މަސައްކަތް ކުރަމުން އަންނަ ކަމަށް، މީޑިޔާ ރިޕޯޓްތައް ބުނެއެވެ.