Last Updated: November 25, 05:48
Monday, November 25, 2024
ސިޔާސީ

50،000 ވަޒީފާ އުފައްދާނަން: ނަޝީދު

މިނިވަން މަސައްކަތްތެރިޔާ" އިފުތުތާހު ކުރަން ފޭދޫގައި ބޭއްވި ބައްދަލުވުމުގެ ތެރެއިން

"މިނިވަން މަސައްކަތްތެރިޔާ" ގެ ސިޔާސަތު ކުރިއަށް އޮތް ފަސް އަހަރު އެމްޑީޕީން ރާއްޖޭގައި ހިންގާ އިރު ޖުމްލަ ބައި ލައްކައަށް ވުރެ ގިނަ ވަޒީފާގެ ފުރުޞަތު އަލަށް އުފެދިގެން ދާނެ ކަމަށް، އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ކުރީގެ ރައީސް މުޙަންމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރައީސް މިހެން ވިދާޅުވީ، "މިނިވަން މަސައްކަތްތެރިޔާ ހަމަ އިސްކޮޅަށް ތެދުވެވޭ، ފަޚުރުވެރި ދިވެހީން" މި ނަމުގައި މަސައްކަތްތެރީންގެ އެމްޑީޕީގެ ސިޔާސަތު ޤައުމީ ފެންވަރުގައި އިއްޔެ ގދ. ތިނަދޫގައި އިފްތިތާޙްކޮށް ދެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ނަޝީދު ވިދާޅުވީ، އަލަށް އުފެދިގެންދާނެ ވަޒީފާގެ ފުރުޞަތުތަކަކީ އެއީ ތަފާތު ހަތާވީސް ޕްރޮގްރާމްގެ ތެރެއިން އުފެދޭނެ 34،000 އައު ވަޒީފާގެ ފުރުޞަތާއި ހުނަރު ޕްރޮގްރާމްގެ ހަ ދާއިރާއަކުން އުފެއްދޭ އިތުރު 17،000 ވަޒީފާގެ ފުރުޞަތު ކަމަށެވެ.
އެމްޑީޕީގެ ފަރާތުން މި ހުށަހަޅާ ސިޔާސަތުގެ ހަޤީގީ މަޤްޞަދަކީ، މަސައްކަތު މީހާ އުވި، މިނިވަން މަސައްކަތްތެރިޔާ އުފަންވުންކަން ފާހަގަކުރައްވަމުން، މިއަދުގެ ދިވެހި މީހާ ބޭނުންވަނީ ކޮންމެ ދިވެއްސަކީ އޭނާގެ ހަމަ އިސްކޮޅަށް ތެދުވެ ހުރި ފަޚްރުވެރި ދިވެއްސަކަށްވުމަށާއި އަޅުވެތިކަމުން ވީއްލިހުރެ، ހަލާލު ގޮތުގައި ހޯދާ އާމްދަނީ ދެގުނަ ވުމަށް ކަމަށް ނަޝީދު ވިދާޅުވި އެވެ.

ދިވެހިން މަސައްކަތުގެ މައިދާނަށް އަހުލުވެރިކުރުވައި ވަޒީފާއެއް ނެތި ތިބި ދިވެހީންގެ އިންސައްތަ ދަށްކޮށް ދިވެހިރާއްޖެއަށް ކުރިމަތިވެފައިވާ ބިދޭސީންގެ މައްސަލައިގެ މައްޗަށް އަލިއަޅުވާލައްވާ ވާހަކަފުޅު ދައްކަވަމުން، ބިދޭސީން ގެންނަނީ އެ މީހުން މަސައްކަތްކޮށްދޭ އަގު ހެޔޮކަމުން ކަމުގައި ވިދާޅުވެ، އަދި މަސައްކަތްތެރިޔާ ނާޖާއިޒު ގޮތުގައި ބޭނުން ކުރުން ފަދަ ނާތަހުޒީބީ އާދަތައް ނައްތާލުމަށް މަހަކު ދޭން ޖެހޭ އެންމެ ކުޑަ އުޖޫރަ (މިނިމަމް ވޭޖް) ތަޢާރަފް ކުރެވޭނެ ކަމުގައި ނަޝީދު ވިދާޅުވި އެވެ.

މިގޮތުން ވިކުރާގެ ގޮތުގައި ދެ މިލިއަން ރުފިޔާ ނުވަންނަ ވިޔަފާރިތައް ފިޔަވައި އެހެން ތަންތަނުގައި ފުލްޓައިމްކޮށް ވަޒީފާ އަދާ ކުރާ މީހުންނަށް މުސާރައިގެ ގޮތުގައި އެންމެ މަދުންދެ ވޭނެ އަދަދެއްގެ ގޮތުގައި ހަތަރު ހާސް ފަސްސަތޭކަ ރުފިޔާ ކަނޑައެޅިގެންދާނެކަމުގައި ރައީސް ވިދާޅުވި އެވެ.

ނަޝީދުގެ ވާހަކަފުޅުގައި، "މިނިވަން މަސައްކަތްތެރިޔާ" އެމްޑީޕީ ސިޔާސަތުގައި ދިވެހި ކަނބަލުންނަށް ދެއްވާފައިވާ އަހަންމިއްޔަތުކަމުގެ މައްޗަށް ވެސް ބައްލަވާލެއްވި އެވެ. އެގޮތުން އެމްޑީޕީއިން ދެކުނީ ރާއްޖެ ތަރައްޤީވުމުގެ އެންމެ ބޮޑު ޙިއްޞާއަކީ ކަނބަލުން ކަމަށް ވިދާޅުވެ، ގެއިން ދޮށީ ޢުމުރުގެ މީހަކަށް ނުވަތަ ކުއްޖަކަށް ކަމެއް ވިޔަސް އެކަމުގެ ހާސްކަމާ ބުރަކަން ވަގުތުން އުފުލަނީ އަންހެން މީހާ ކަމަށާއި ކަމެއް ދަމެއް ދިމާވުމުން، ފިރިމީހާ ނޫނީ އެހެން މީހަކާ ގުޅައިގެން ލިބުނު ހާސްކަން އިތުރުކޮށް، ފަޚްރުވެރި އަބުރުވެރި ދިވެހި އަންހެނާ އެއްވެސް މީހަކަށް އާދޭސްކޮށް އަޅުދާސް ވާކަށް ނުޖެހޭނެ ކަމުގައި ރައީސް ވިދާޅުވި އެވެ.
އަދި އައިޑީ ކާޑްގެ އަގު އެއްލައްކަ ރުފިޔާ އަށް އެމްޑީޕީން ހެދީ ހަގީގަތުގައި ދިވެހި ކަނބަލުންގެ ޢިއްޒަތައްޓަކައި، ކޮންމެ މީހަކު ބަލިވިޔަސް ފަޚްރުވެރި ކަމާއެކު އެ ބަލި މީހާއިގެން އުޅެވޭނެ ބަޔަކަށް އެ ކަނބަލުން ހެދުމަށްޓަކައި ކަމުގައި ވިދާޅުވި އެވެ.

މިނިވަން މަސައްކަތް ތެރިޔާގެ ސިޔާސަތުގެ މުޅިން އައު އެހެން ބައެއްގެ މައިގަނޑު ފަސޭހަ އަނެއްކާވެސް އަންނަ ފަސް އަހަރަށް އެމްޑީޕީން މި އަމާޒު ކުރަނީ އަންހެނުންނަށް ޚާއްޞަވާ ގޮތުންކަމަށާއި، “ފްލެކްސް ޓައިމް” ނުވަތަ އެމީހަކަށް ފަސޭހަ ގަޑިއަށް އިސްކަން ދީގެން ވަޒީފާ އަދާ ކުރެވޭނެ އުޞޫލު މުޅިން އަލަށް ރާއްޖޭގައި ހިންގާން ފައްޓަވާނެކަމުގައި ރައީސް ނަޝީދު ވިދާޅުވި އެވެ.

"މިނިވަން މަސައްކަތްތެރިޔާ" ގެ އެހެން ބައެއް ސިޔާސަތުތަކުގެ މައްޗަށް ވެސް ރައީސްގެ ވާހަކަފުޅުގައި އަލިއަޅުވާލެއްވި އެވެ. މިގޮތުން، ކުރިއަށް އޮތް ފަސް އަހަރުގެ އެމްޑީޕީ ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދޭނެ ކަމަކީ ވަޒީފާތަކަށް ދަރިވަރުން އަހުލުވެރި ކުރުވުންކަމަށާއި ސްކޫލް ޗުއްޓީގެ ދުވަސްވަރު އެކުދިންގެ ޝައުގުވެރިކަން ހުންނަ ދާއިރާ ތަކުގައި އުޖޫރައެއް ލިބޭ ގޮތައް މަސައްކަތްކުރާނެ ޕްރޮގްރާމެއް މި ފެށޭ ދައުރުގައި އަޅުގަނޑުމެންގެ ސަރުކާރުން ހިންގާނަން ކަމުގައި، އެމަނިކުފާނު ވިދާޅުވި އެވެ.

މިރޮނގުން ވާހަކަފުޅު ދައްކަވަމުން، ވިޔަފާރި ވެރިއަކަށް، ލޯޔަރަކަށް، ޑޮކްޓަރަކަށް، ނަރުހަކަށް، މަޖިލިސް މެމްބަރަކަށް ނުވަތަ ރައީސުލްޖުމްހޫރިއްޔާ ކަމަށް ޝައުގުވެރިވި ނަމަވެސް އެދާއިރާއަކާ ގާތުން މަސައްކަތްކުރުމުގެ ފުރުޞަތު ކަނޑައެޅޭ އުޞޫލުތަކުގެ ދަށުން ފަހިކޮއްދެވޭނެ ކަމުގައި ރައީސް ވިދާޅުވިއެވެ. ވަޒީފާ އާ ގުޅޭ ތަމްރީނާ، އަދި ވަޒީފާގެ ފުރުޞަތުތަކާ ގުޅޭ މައުލޫމާތު ބެލެނިވެރިންނަށް ލިބޭނެ ވަޞީލަތް އިރާދަކުރެއްވިއްޔާ މުޅި ރާއްޖޭގައި ގާއިމު ކުރެވިގެން ދާނެ ކަމަށާއި ހަމަ އެގޮތަށް ކެރިއަރ ގައިޑެންސް އާއި، ބަޢާވާތުން ހުއްޓުން އަރުވާފައިވާ، އެމްޑީޕީގެ ޔޫތު ޗެލެންޖާއި، ކިއްސަރު ފެއަރ އާއި، ކާމިޔާބު ހުނަރު ޕްރޮގްރާމް ޒުވާނުންނަށްޓަކައި އާބާރެއް ގައި ފަށަން ހަމަޖެހިފައިވާ ކަމުގައި ވެސް، ނަޝީދު ވިދާޅުވިއެވެ.

އަމިއްލަ ވަޒީފާގައި އުޅުނަސް ބޯހިޔާވަހި ކަމާ، ދަތުރުފަތުރުގެ ނިޒާމުން މަސައްކަތް ތެރިންނަށް ޚާއްޞަ ޢިނާޔަތް ތަކެއް ލިބެން އެބަ ޖެހޭކަން ފާހަގަކުރައްވަމުން ރައީސް ނަޝީދު ވިދާޅުވީ، ވަޒީފާ އަދާ ކުރާ ތަނާ ގާތުން އަނބިމީހާ ނުވަތަ ފިރިމީހާ ނޫނީ ޢާއިލާއާއި އެކު އުޅެވޭނެ ފަދަ ބޯހިޔާވަހިކަން ލިބޭނެ ޕްރޮގްރާމެއް މިހާރު ފަރުމާކޮށް ނިމިފައިވާ ކަމަށެވެ.
އަދި ފަސޭހަ ކަމާ އެކު ވަޒީފާ އަށް އައިސް ގޮސްވެވޭނެ ފެރީ ނިޒާމެއް އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް ފަސް އަހަރު އަލަށް ތަޢާރަފް ކުރެވިގެން ދާނެ ކަމުގައި ވެސް ވިދާޅުވިއެވެ.

ކާރުޚާނާ އަކަސް ނުވަތަ ރިސޯޓެއްގައި މަސައްކަތް ކުރިޔަސް އެތަނާ ގާތުގައި އޭނާ ދިރިއުޅޭ ފްލެޓަކީ މަހަކު ކުޑައެއްޗެއް ދައްކައިގެން ދިގު މުއްދަތުން އޭނަ އަށް މިލްކު ކުރެވޭނެ ތަނެއް ކަމަށާއި ދިރިއުޅުމުގެ ބަދަލު ތަކާ، އުފެދޭ ޑިމާންޑާ އެކު ފްލެޓް ބަދަލުކޮށް، ލާޖައްސާ ނޫނީ ދެން ބޭނުންވާ މީހާ އަށް ވިއްކާލުމުގެ ހައްގު ބޭނުން ކޮންމެ ހިނދަކު މިނިވަން މަސައްކަތްތެރިޔާ އަށް ވެސް އޮންނާނެ ކަމުގައި ނަޝީދު ވިދާޅުވި އެވެ.

ރާއްޖޭގެ ތަރައްގީ އާ އުފާވެރި ކަމަށް ޓަކާ ބިންވެރިކަމާ އެކު ރައްޔިތުން ވީއްލި މިނިވަންކަމާ އެކު ހަރަކާތްތެރި ވެވޭނެ ޖާގަ ދިވެހިންނަށް ކޮންމެހެން ބޭނުންވާ ކަމުގައި ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.