Last Updated: November 24, 05:46
Sunday, November 24, 2024
ޚަބަރު

އެންމެ ވޯޓެއް ވެސް ބީވެ ދިޔަދީގެން ނުވާނެ: ފައިސަލް

އަންނަ ރިޔާސީ އިންތުހާބުގެ އެންމެ ވޯޓެއްްވެސް އަތުން ބީވެ ދިޔަ ދީގެން ނުވާނެކަމަށް އިއްތިހާދުގެ ރަނިންމޭޓު ކާށިދޫ ދާއިރާގެ މެމްބަރު ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިހާބަށް ރީރަޖިސްޓްރީ ކުރުން އިފްތިތާހު ކުރުމަށް ޖުމްހުރީ ޕާޓީގެ މައި ޖަގަހަ ކުނޫޒުގައި ވާހަކަފުޅު ދައްކަވަމުން ފައިސަލް ވިދާޅުވީ މިއަދު މިފަށާ ރީރަޖިސްޓްރޭޝަންގެ މަސައްކަތަކީ އެންމެ ބޮޑު މަސައްކަތްކަމަށާއި އެންމެ ވޯޓެއްވެސް އަތުން ބީވެ ދިޔަދީގެން ނުވާނެކަމަށެވެ.

"މިއަދު ފެށިގެން މިދަނީ އިންތިޚާބާ ގުޅޭގޮތުން ކުރަން ޖެހޭ އެންމެ މުހިންމު އެއް މަސައްކަތް. އަޅުގަނޑުމެން ވިސްނަން ޖެހޭ ކަންތައްތަކަކީ އެންމެ ވޯޓެއް ވެސް އަޅުގަނޑުމެން އަތުން ބީވެގެން ގޮސްގެން ނުވާނެ،"

ފައިސަލް ވިދާޅުވީ ހުޅުމާލެ، ވިލިމާލެ، އަދި މާލޭގައި އަތޮޅު ތެރޭގެ ގިނަ ރައްޔިތުން ދިރިއުޅެމުން އަންނަކަމަށާއި، އޯގަސްޓު 11 ގެ ކުރިން ރީރަޖިސްޓްރީ ކުރުމުގެ މަސައްކަތް ނިންމާލަން ޖެހޭ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ގޮޑި ގެއްލިފައިވާ ކަމަށް ކަނޑައަޅާފައިވާ 12 މެމްބަރުންނާއި، ގުޅިފައިވާ ސިޔަސީ ޕާޓީތަކުން އެކުގައި ބޭއްވި މި ރަސްމިއްޔާތުގައި އެމްޑީޕީގެ ނައިބް ރައީސް ޝިފާޒު ވިދާޅުވީ ކޮންމެ ދާއިރާއެއްގެ މަޖްލިސް މެމްބަރުންނާއިއެކު މާލޭގެ ގެތަކަށް ގޮސް 100 ފޯމު ފުރުމަށް އަމާޒު ހިފަން ޖެހޭކަމަށެވެ.

އިލެކްޝަނުން ރީ ރަޖިސްޓްރީއަށް ހުޅުވާލުމާއި ގުޅިގެން ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ފޯރިއާއި އެކު ރީރަޖިސްޓްރީ ކުރުމުގެ މަސައްކަތް ވަނީ ފަށާފައެވެ. އެގޮތުން ކުނޫޒާއި، އެމްޑީޕީ ހަރުގޭގައި ރީރަޖިސްޓްރީ ކުރުމުގެ މަސައްކަތް ކުރިއަށްދާނެއެވެ.