ސަރުކާރަށް ތާއިދު ކުރާ ވިޔަފާރިވެރިންނަށް މިއީ ސިކުނޑީގެ ބޭނުން ކުރަންވީ ވަގުތުކަމަށް މި ސަރުކާރުގެ ފުރަތަމަ ނައިބް ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.
ވިލާތުގެ އިއްތިހާދު (އީޔޫ) އިން ރާއްޖެއާއި މެދު ފިޔަވަޅު އަޅަން ފާސްކުރި އޮނިގަޑަށް އިނގިރޭސިވިލާތުން އަމަލުކުރަން ފެށުމާއި ގުޅިގެން ޑރ. ޖަމީލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ލިސްޓު ތަކުގައި ނަން ހިމެނުމުގެ ކުރިން ރައީސް ޔާމީނާއި ދުރައް ޖެހިވަޑައިގަންނަން ޖެހޭ ކަމަށެވެ.
Sarukārah Thāēdhu kurā viyafāri verinnah miee Sikundeege beynun kuran vee vaquthu. Listuthaku gai nan himenumuge kurin YAG āi dhurah vadai gannavā. Rājjeyge Brand ah libunu enme bodu gehllumakee sarukāru ge criminal amaulu thah. https://t.co/0kX54gDdmS
— Mohamed Jameel Ahmed (@MJameelAhmed) July 21, 2018
އީޔޫއިން ވަނީ ސަރުކާރުގެ އިސް އޮފިޝަލުން އީޔޫގެ ގައުމުތަކަށް އެތެރެވުން މަނާކުރުމާއި އެ މީހުންގެ މުދަލާއި ފައިސާ ހިފެހެއްޓުން ފަދަ ކަންކަން ކުރުމަށް ފާސްކޮށްފައެވެ.
އީޔޫން ފާސް ކުރި އޮނިގަނޑުގައި ފިޔަވަޅު އަޅާނެ ބައެއްގެ ނަންތައް ހާމަކޮށްފައި ނުވެއެވެ. ނަމަވެސް ރައީސް ޔާމީނާއި ކެބިނެޓު ވަޒީރުންނާއި ސަރުކާރުގެ އިސް އޮފިޝަލުންގެ އިތުރުން ސަރުކާރަށް ވާގިވެރިވާ ވިޔަފާރިވެރިން ހިމެނޭނެކަމަށް އިދިކޮޅު ފަރާތްތަކުން ވަނީ ބުނެފައެވެ.
ޖަމީލް ވިދާޅުވީ ރާއްޖޭގެ ބްރޭންޑަށް ލިބުނު އެންމެ ބޮޑު ގެއްލުމަކީ ސަރުކާރުގެ ކްރިމިނަލް އަމަލުތައް ކަމަށެވެ.