Last Updated: November 24, 05:46
Sunday, November 24, 2024
ޚަބަރު

"ވޯޓް ނުދޭނެ މީހުންގެ ފޯމު ޕީޕީއެމުން ހުށަނާޅާނެ"

އަހުމަދު މަހްލޫފު، ފޮޓޯ: އަވަސް

ޕީޕީއެމްއިން ގޭގެއަށް ގޮސް ރީ-ރަޖިސްޓްރޭޝަނަށް ފުރާ ފޯމުތައް ބެލުމަށްފަހު ވޯޓު ނުދޭނެހެން ހީވާ މީހުންގެ ފޯމުތައް އިލެކްޝަން ކަމިޝަން (އީސީ)އަށް ހުށަނާޅާނެކަމަށް އެޕާޓީން ވަކިކޮށްފައިވާ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހްލޫފު ވިދާޅުވެއްްޖެއެވެ.

ގޭ ބަންދުގައި ހުންނަވައިގެން މަހްލޫފު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޕީޕީއެމް ރީ-ރަޖިސްޓްރީ ކޮށްދޭ މޭޒުތަކުން އަދި ގޭގެއަށް ގޮސް ފުރާ ފޯމުތައް ޕީޕީއެމް އޮފީހަށް ގެންގޮސް މީހާގެ މައުލޫމާތު ޗެކް ކުރުމަށްފަހު ވޯޓު ނުދޭނެހެން ހީވާ މީހުންގެ ފޯމުތައް އީސީއަށް ހުށަނާޅަން ނިންމާފައިވާތީ ޕީޕީއެމް މެދުވެރިކޮށް ރީ-ރަޖިސްޓްރޭޝަން ނުކުރުމަށެވެ.

ރިޔާސީ އިންތިހާބުގެ ވޯޓު އޮޅުވާލުމަށް އިލެކްޝަން ކަމިޝަނުން މަސައްކަތް ކުރާކަމަށް އިދިކޮޅު ފަރާތްތަކުން ދަނީ ތުހުމަތު ކުރަމުންނެވެ.
އިދިކޮޅު ފަރާތްތަކުން އެގޮތަށް ތުހުމަތު ކުރާ އިރު ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުން ވޯޓަށް ރީ-ރަޖިސްޓްރީ ކުރުމަށް ކުންފުނިތަކުން ދަނީ ބާރު އަޅަމުންނެވެ.

އެގޮތުން ބައެއް ކުންފުނިތަކުން ވަނީ މުވައްޒަފުން އޮފީހުގައި ރީ-ރަޖިސްޓްރީކޮށް ކުންފުންޏަށް ފޯމު ހުށަހެޅުމަށް އަންގަމުންނެވެ.