މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ ހުރިހާ ފައިސާ އެއް ވަނީ ރައީސް އަބްދުﷲ ޔާމީންގެ ގެކޮޅަށް ކަމަށް ކުރީގެ ނާއިބް ރައީސް އަހުމަދު އަދީބު ވިދާޅުވެއްޖެއެވެ.
އަދީބު މިހެން ވިދާޅުވެފައި ވަނީ މިއަދު ކްރިމިނަލް ކޯޓުގައި ކުރިއަށް ދިޔަ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކަވަމުންނެވެ. މިއަދު އެ ކޯޓުގައި ކުރިއަށް ދިޔައީ އަދީބުގެ މައްޗަށް އުފުލާފައިވާ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖައިޒު ފާއިދާ ހޯދައިދިނުމުގެ ކުށުގެ ދައުވާގެ އަޑުއެހުމެކެވެ.
ޝަރީއަތުގެ މަޖިލީހުގައި އަދީބު ވިދާޅުވީ، އެމްއެމްޕީއާރުސީ އަށް ލިބުނު 80 މިލިއަން އެމެރިކާ ޑޮލަރު ބޭންކް އޮފް މޯލްޑިވްސް މެދުވެރިކޮށް ޑޮލަރު މާރުކޮށް ކުންފުނިތަކަށް ދޫކޮށް އެއަށް ލިބުނު ދިވެހި ފައިސާ ރައީސް އަބްދުﷲ ޔާމީންގެ ގެކޮޅަށް ގެންގޮސް އެކި ފަރާތްތަކަށް ބެއްސެވިކަމަށެވެ.
އަދީބު މިހެން ވިދާޅުވެފައިވާއިރު ރައީސް އަބްދުﷲ ޔާމީން ވަނީ އެމަނިކުފާނުގެ ގެކޮޅަށް ހަލާލު ނޫން ފައިސާ ވަދެފައިވާ ކަމަށް އިޢުތިރާފްވެވަޑައިގެންފައެވެ.
2017 ވަނަ އަހަރުގެ އޯގަސްޓް މަހުގެ ތެރޭގައި ރައީސް ޔާމީން ވަނީ އަހުމަދު އަދީބު ހޭދަކުރެއްވީ ރަނގަޅު ފައިސާއެއް ނޫން ކަން މިހާރު އެނގިވަޑައިގަންނަވާ ކަމަށާޢި "އަޅުގަނޑުމެންގެ ގެއަށް ވަން ފައިސާ ހަލާލު ނޫން" ކަމަށެވެ.
ތަފްސީލް އަންނަނީ….