Last Updated: November 24, 05:46
Sunday, November 24, 2024
ޚަބަރު

ކަރެކްޝަންގެ މުވައްޒަފުންގެ ވޯޓް ޖަލު ފޮށިތަކަށް

ކަރެކްޝަނަލް ސާވިސްގެ އިސްވެރިން، މުވައްަޒަފުން ޖަލު ވޯޓު ފޮށިތަކަށް ވޯޓުލުމަށް ވަނީ މަޖްބޫރުކޮށްފައި

އަންނަ ރިޔާސީ އިންތިހާބުގެ ވޯޓު މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ މުވައްޒަފުން ޖަލުތަކުގައި ބަހައްޓާ ވޯޓު ފޮށިތަކަށް ލުމަށް މަޖްބޫރުކޮށްފިއެވެ.

ކަރެކްޝަނުން ނެރުނު ހާއްސަ އުސޫލުގައި މުވައްޒަފުންނަށް މަޖްބޫރުކޮށްފައިވަނީ ކަރެކްޝަނަލް ސާރވިސްގެ މުވައްޒަފުން ވޯޓްލާން ޖެހޭނީ އެ މުވައްޒަފަކު މަސައްކަތް ކުރާ ތަނެއްގައި ހުންނަ ވޯޓް ފޮއްޓަކަށް ކަމުގައެވެ. އަދި މާލޭގައި މަސައްކަތްކުރާ އޮފިސަރުންނާއި މަދަނީ މުވައްޒަފުން ވޯޓްލާނީ މާލޭ ޖަލުގައި ބަހައްޓާ ވޯޓް ފޮއްޓަކަށް ކަމަށެވެ.

"ޖަލުތަކުގައި ބެހެއްޓޭ ފޮށިތަކަށް ރީ ރަޖިސްޓްރީ ކުރުމުގެ މަސައްކަތް ޖަލުތަކާ ގުޅިގެން ހިއުމަން ރިސޯސަސް ޑިޕާޓްމަންޓުން ކުރިޔަށް ގެންދާނެ އެވެ. ވީމާ، ކޮންމެ އޮފިސަރެއް އަދި މަދަނީ މުވައްޒަފެއް ވޯޓުލުމަށް ރަޖިސްޓްރީ ކުރެވިފައިވޭތޯ 10 އޯގަސްޓް 2018ގެ ކުރިން ބަލައި ޗެކްކުރުމަކީ އެމީހެއްގެ އަމިއްލަ ޒިންމާއެކެވެ،"

ސެޕްޓެމްބަރ 23 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ރީ-ރަޖިސްޓްރޭޝަން ސަރުކާރުގެ ކުންފުނިތަކާއި ސިވިލް ސާވިސް މުވައްޒަފުންނަށް މަޖްބޫރު ކުރުވައިގެން ދަނީ ރަޖިސްޓްރީ ކުރުވަމުންނެވެ. އަދި ބައެއް ވަކިތަންތަނުގައި ބަހައްޓާ ވޯޓު ފޮށިތަކަށް ވޯޓުލުމަށް ރަޖިސްޓްރީ ވުމަށް ދަނީ މަޖްބޫރު ކުރަމުންނެވެ.