* ބޭނުންވާނެ ތަކެތި:
2 ބެލް ޕެޕާ (ދެފަޅިކޮށް، އޮއްތައް ނަގާފައި)
8 ބިސް (ގިރާފައި)
¼ ޖޯޑު ކިރު
1 ޖޯޑު ދަޅުމަސް
1 ޖޯޑު ޗެޑަރ ޗީޒް (ގާނާފައި)
ލޮނު، އަސޭމިރުސް
* ތައްޔާރު ކުރާނެ ގޮތް:
ފުރަތަމަ އަވަން 200 ޑިގްރީއަ ށް ލުމަށްފަހު ބޭކިން ޓްރޭއެއްގެ މަތީގައި ދެފަޅިކޮށްފައި ހުރި ބެލް ޕެޕާތައް އަތުރާފައި އަވަނަށްލައި 5 މިނެޓު ފިހެލާށެވެ. ދެން
ބޯތައްޓެއްގައި ބިސް، ކިރު، ދަޅު މަސް، ޗީޒް، ލޮނު އަދި އަސޭމިރުސް އެއްކޮށްލާށެވެ.
އެއަށް ފަހު ކުރިން ފިހުނު ޕެޕާތައް ކޮންމެ ޕެޕާއެއްގެ ތެރެއަށް އެއްކުރި މަސްގަނޑުން އެތިކޮޅެއް އަޅާފައި ޓްރޭ މަތީ އަތުރައިލުމަށް ފަހު އަނެއްކާ ވެސް އަވަނަށްލައި 30-45 މިނެޓާ ދެމެދު ފިހެލާށެވެ.